ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސއިން ޝާމިލް ސީއެންއެމްއަށް ވިދާޅުވީ މިއަދު ކޮޅުފުށި މޮނިޓަރިންއިން ނެގިކަމުގެ ލިޔުން އެޗްޕީއޭއިން ލިބިފައިވާ ކަމަށެވެ.
އާބާދީގައި 1438 މީހުން ދިރިއުޅޭ އެ ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ އެންމެ ފަހުން ނެގި 140 ވަރަކަށް ރޭމްޓަމް ސާމްޕަލްތައް ނެގެޓިވް ވުމާގުޅުގެން ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.
ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ އެ ރަށުގައި ޗުއްޓީ ހޭދަކޮށްފައި އަނބުރާ މާލެ އައި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެރަށުން މިހާތަނަށް ވަނީ 33 މީހުން ޕޮޒިޓިވް ވެފައެވެ. އަދި ހައި ރިސްކު މީހުން ވަނީ ލ. އަތޮޅުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދީފަ އެވެ.