ads
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
މިފްކޯގެ ބޭނުމަށް 56.13 މިލިއަން ރުފިޔާގެ ބަނދަރެއް މުލަކުގައި ހަދަނީ
ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ބޭނުމަށް މ. މުލަކުގައި 56.13 މިލިއަން ރުފިޔާގެ ބަނދަރެއް ތަރައްގީ ކުރަން ނިންމައި ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީ އާ މިއަދު ހަވާލުކޮށްފި އެވެ
Advertisement

އެމްޓީސީސީއާ އެކު ސޮއި ކުރި އެއްބަސްވުމުގައިވާ ގޮތުން މި މަޝްރޫޢުގެ ދަށުން، 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 8،640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3،200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެއްބަސްވުމުގައިވާ ގޮތުން އެ މަޝްރޫއުގެ މަސައްކަތް 300 ދުވަސްތެރޭ ނިންމަން ޖެހެ އެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.

މިފްކޯގެ ޓެކްނިކަލް ޑިޕާޓްމަންޓުގެ ހެޑް މުހައްމަދު ޝަމީމު ސީއެންއެމްއަށް ވިދާޅުވީ މުލަކުގައި ބަނދަރެއް ތަރައްގީ ކުރަނީ އެ ރަށުގައި މިފްކޯއިން ތަރައްގީ ކުރާ މަސް ގަންނަ ސެންޓަރެއް ހެދުމަށް ނިންމާފައި ވާތީ ކަމަށެވެ.

"މަސް ގަންނަ ސެންޓަރުގެ ބޭނުމަށް ހަދާ ބަނދަރެއް އެއީ. ސެންޓަރުގެ މަސައްކަތް ވެސް ދާނެ އެކުއެކީ. ސައުދީ ފަންޑުގެ ދަށުން މަސް ގަންނަ ސެންޓަރު ހަދާނީ،" ޝަމީމު ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވި ގޮތުގައި މިފްކޯގެ ބޭނުމަށް ތަރައްގީ ކުރާ ބަނދަރަކީ އެއް ފަހަރާ ދެ ދޯންޏަށް މަސް ކިރަން އޮވެވޭ އިރު ކަލަމިންޖާ ސައިޒުގެ ބޯޓަކަށް މަސް އެރުވުމުގެ މަސައްކަތް ކުރެވޭ ވަރަށް ތަރައްގީ ކުރާ ބަނދަރެއް ކަމަށެވެ.

މުލަކުގެ އިރުއުތުރު ސަރަހައްދުގައި ތަރައްގީ ކުރާ ބަނދަރުގެ ދިގުމިނުގައި 400 ފޫޓް ހުންނާނެ ކަމަށާއި އެ ބަނދަަރަށް ބޮޑެތި ބޯޓް ފަހަރަށް ވެސް ކައިރި ކުރެވޭނެ ކަމަށް މިފްކޯއިން ބުނެ އެވެ.

ޝަމީމު ވިދާޅުވީ މުލަކުގައި ގާއިމް ކުރާ މަސް ގަންނަ ސެންޓަރަށް ދުވާލަކު 100 ޓަނުގެ މަސް ގަތުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށާއި އެތަނުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހަދާނެ ކަމަށެވެ.

"އެ ތަން ޑިޒައިން މި ކުރަނީ ކުރިމަގަށް ރާވައިގެން ބޮޑުކުރަން ޖެހޭ ނަމަ ސެންޓަރު ބޮޑުކުރެވޭ ގޮތަށް. މި ވަގުތު ހަދަނީ މި ދެންނެވި ޖާގައިގެ ސެންޓަރެއް،" ޝަމީމް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް