ނަމަވެސް ނިމިދިޔަ އަންގާރު ދުވަހު އެރި އުދައިން މ. އަތޮޅު ދިއްގަރަށް ވަނީ އެތަށް ގެންލުންތަކެއް ވެފައެވެ. 1416 ގެ އާބާދީއެއް އޮންނަ ދިއްގަރުގެ ގިނަ ގެތަކައް ލޮނުވަދެ ރަށްޔިތުނަށް ވަނީ ގިނަ އުދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
މި ހާދިސާ ސީއެންއެމްއަށް ކިޔާދެމުން ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިސާން ވިދާޅުވީ އެރަށައް ވަނީ އަންގާރަ ވިލޭރޭ އުދައަރާ ރަށުގެ 14 ގެއަކަށް ފެން ވަދެފައި ކަމަށާއި ލޮނުގެ ސަބަބުން 7 ގެއެއްގައި އިންދާފައިވާ ގިނަ ގަސްތަކެއް ވަނި މަރުވެފައި ކަމަށެވެ. އަދި ރަށުގެ %50 އަށް ވަނީ ލޮނުގެ އަސަރުކޮށް ރަށުގެ ފެންފަށަލަ ތަގައްޔަރު ވެފައި ކަމަށް ވެސް ނިސާން ވިދާޅުވިއެވެ.
ގޯނި ޖަހައިގެން ރާޅުއެރުން ހުއްޓުމަށް ސަމައްކަތް ކުރި ނަމަވެސް ރަށުގެ އެއްބައި ފެންބޮޑުވެގެން ދިޔައީ އިސާހިތަކު ކަމަށް ވެސް ނިސާން ފާހަގަކުރެއްވި އެވެ. އަރި ރަށުގެ ގެތަކަށް ފެން ވަންނަންފެށި ކަމަށް ވެސް ނިޝާން ވަނީ ވިދާޅުވިއެވެ. އަދި އެންމެ ފަހައް ރަށުގެ ގިނަ ރަށްޔިތުންނާއި ފުލުހުން ވެގެން ވަނީ ޕަންޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައި ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.
މީގެ އިތުރުން ނިޝާން ވިދާޅުވީ އެ ރަށުގައި އިރުވައި މޫސުމުގައި އުދައަރާތީ ކުރިން އިރުމަތީ ފަރާތުގައި ރަށްޔިތުންގެ އަމިއްލަ ހަރަދުގައި ދިޔައީ ތޮށި ލަމުންކަމަށެވެ.
ސަރުކާރުން ވެސް ވަނީ 2014 ވަނަ އަހަރުގައި އެރަށައް ދިމާވެފައިވާ އުދަ އެރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ތޮށިގަނޑެއް ހަދައިދޭން ބަޖެޓްގައި ވެސް ހިމަނާފައެވެ.
ނަމަވެސް އެ މަސައްކަތް އަދިވެސް ނުކުރެއެވެ.
އެ މައްސަތްކަތުގެ ދަށުން އޭރުގެ ކައުންސިލްއަށް ކުރެހުން ވެސް ލިބުނު ކަމަށް ނިޝާން ފާހަގަކުރައްވާ ވިދާޅުވީ ނަމަވެސް އެ މަސައްކަތް އަމަލީ ގޮތުން ކުރެވިފައި ނެތް ކަމަށެވެ.
ހަމަ މިއާ އެކު ނިޝާން ވިދާޅުވީ 2021 ވަނަ އަހަރުގައި ބަޖެޓްގައި ރަށުގެ އުދައަރާ ދިމާލުގައި ގާޖެހުމަށް ވަނީ ސަރުކާރުން ރާވައިފައި ކަމަށާއި އަދި އެ މަސައްކަތް ވީހާ ވެސް އަވަހަށް ކޮށްދިނުމަށް އެދިލައްވާކަމަށް ވެސް ނިޝާން އެދިލެއްވިއެވެ.