ads
ފީއަލީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން
ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފީއަލީގައި ކުރިއަށް ގެންގޮސްފި
ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފ. ފީއަލީގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ފީއަލީ ޕޮލިސް ޑެސްކްގެ ފަރާތުން, މިދިޔަ ޖަނަވަރީ މަހުގެ 25 އިން މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން، އެރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ކޮވިޑް-19 އާ ގުޅިގެން އޮންލައިންކޮށް ވިޔަފާރި ކުރުން އިތުރުވެފައިވާކަމަށާ އަދި ހަމައެއާއެކު އޮންލައިން ޕްލެޓްފޯމްތަކުގައި ޕޭޖްތައް ހަދައިގެން މަކަރާއި ހީލަތުން ފައިސާހޯދުމަށް މަސައްކަތްކުރުން އިތުރުވެފައިވާކަމަށާއި، އޭގެ އިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި އެފަދަ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސް ކޮށްފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން މިދުވަސްވަރާ ގުޅިގެން ސަމާލުކަންދޭންވީ އެހެނިހެން ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ފިހާރަތަކަށް ކުރި ޒިޔާރަތުގައި، ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު ސައްހަނޫން ސްލިޕްތައް ފޮނުވައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާ ގުޅޭގޮތުންނާއި އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ފީއަލީގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނަށް އަލަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތުވެސް ރައްޔިތުންނާ ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ރަށުގައި ބޭނުންކުރާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގެ މައުލޫމާތުވެސް އެއްކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް