ads
ޓެއިލާ ސްވިފްޓް ---
ޓެއިލާ ސްވިފްޓުގެ ލަވަތައް އަލުން ރިކޯޑު ކުރަނީ!
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް މީގެ 13 އަހަރު ކުރިން ރިލީޒްކުރި އަލްބަމް "ފިއާލެސް"ގެ ލަވަތައް އަލުން ރިކޯޑު ކުރުމަށްފަހު އޭޕްރީލް މަހު ރިލީޒް ކުރާނެކަން އޭނާ އިއުލާނު ކޮށްފިއެވެ.

އޭނާ މިކަން އިއުލާނުކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ދައްކާ މޯނިން ޝޯއެއް ކަމަށްވާ "ގުޑް މޯނިން އެމެރިކާ"ގެ ބުރާސްފަތިދުވަހު ލައިވް ކުރި ޕްރޮގްރާމުގައެވެ. އަދި އޭނާގެ ޓުވިޓާ އެކައުންޓުގައިވެސް މިކަން ހިއްސާކޮށްފައިވެއެވެ.

ފިއާލެސް އަލްބަމްގައި ޖުމުލަ 13 ލަވައެއް ހިމެނޭ އިރު، ބުރާސްފަތިދިވަހުގެ ރޭ، އެ އަލްބަމްގެ އެންމެ މަޝްހޫރު އެއް ލަވަ ކަމަށްވާ "ލަވް ސްޓޯރީ" ރިލީޒް ކުރާނެ ކަމަށް ޓެއިލާ ގުޑް މޯނިން އެމެރިކާ އަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ. 

އެގޮތުން އެ އަލްބަމްގެ ހުރިހާ ލަވަތަކެއް މިހާރު ރިކޯޑުކޮށް ނިންމާފައިވާ ކަމަށާއި، ޓެއިލާ ރިލީޒް ކުރާ ފިއާލެސް އަލްބަމްގައި 26 ލަވައެއް ހިމެނޭނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެއީ އެ އަލްބަމް ހެދި އިރު، އެ އަލްބަމްގައި ހިމެނުމަށް ނެގި، ނަމަވެސް އޭރު އަލްބަމްގައި ނުހިމަނަން ނިންމި ލަވަތަކާއެކު ކަމަށް ޓއެިލާ ބުނެފައިވެއެވެ.

ޓެއިލާގެ ފިއާލެސް އަލްބަމް 2008 ގައި ރިލީޒް ކޮށްފައިވަނީ ބިގް މެޝިން ރިކޯޑްސްގެ ކުޑައިގެ ދަށުގައެވެ. އެ އަލްބަމަކީ ޓެއިލާގެ މަސައްކަތެއް ނަމަވެސް، އެއަލްބަމްގެ ރިކޯޑިންގެ ރައިޓްސް އޮތީ ބިގް މެޝިން ރިކޯޑްސްގެ އަތުގައެވެ. އެއާއެކު ފިއާލެސްގެ ފަހުން، 2019ގައި ޓެއިލާ ރިލީޒް ކުރި "ލަވާ" އަލްބަމްގެ ކުރިން ރިލީޒް ކުރި ހުރިހާ އަލްބަމެއްގައި ހިމެނޭ ލަވަތަކުގެ މާސްޓާ ރިކޯޑިންސްގެ ރައިޓްސް އޮތީ ބިގް މެޝިން ރިކޯޑްސްގެ އަތުގައެވެ.

މީގެ ކުރިން ޓެއިލާ ރިލީޒް ކޮށްފައިވާ ހުރިހާ އަލްބަމެއްގެ ހުރިހާ ލަވަތަކެއް އަލުން ރެކޯޑު ކޮށް ރިލީޒް ކުރުމަށް ޓެއިލާ ނިންމާފައިވަނީ، އޭނާގެ ރިކޯޑިންޑްތަކުގެ ރައިޓްސް ހޯދުމަށެވެ. އަދި މިއީ ޓެއިލާގެ އަމިއްލަ ލަވަތަކުގެ ކޮންޓްރޯލް ހޯދުމަށް ކުރި ކަމެއް ކަމަށާއި، ރިކޯޑް ލޭބަލެއްގެ ދަށުން ރިލީޒް ރެކޯޑުކޮށް ރިލީޒް ކުރާ ލަވަތަކުގެ ކޮންޓްރޯލް އޮންނާނީ އެ ރިލީޒް ކުރި ރެކޯޑް ލޭބަލްގެ އަތުގައި ކަމަށް ސީއެންއެންއިން ބުނެފައިވެއެވެ. 

މިދިޔަ އަހަރު ޓެއިލާ ވަނީ މުޅިން އާ ދެ އަލްބަމެއް ނެރެފައެވެ. އެއީ ޖުލައި 24ގައި ރިލީޒް ކުރި ފޯކްލޯ އަލްބަމާއި ޑިސެމްބަރު 11ގައި ރިލީޒްކުރި އެވާމޯ އަލްބަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް