
ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ނޭގޭ އެއްވެސް މީހަކު ނުހުންނާނެވެ. އެންމެ ކުޑަ ކުއްޖާ އައްވެސް ސިގެރޭޓް ފޮށީގެ ބޭރުގައި ބޮޑު އަކުރުން ޖަހާފައިވާ ލިޔުން ކިޔާލުމަށް ފަހު އެއީ ކިހާ ނުރައްކާތެރި ކަމެއް ކަން ދެނަގަނެވޭނެއެވެ.
ރާއްޖޭގައި ގިނަ ފަރާތްތަކެއް ސިގެރޭޓް ބޯ މަންޒަރު މަގުމަތިން ފެނެއެވެ. ބައެއް މީހުން މިހާރު ބޭނުން ވަނީ އެ ގޮސް އާދަ ދޫކޮށްލާށެވެ. ސިގެރޭޓުގެ އަގު ބޮޑު ވުމުގެ އިތުރުން ސިއްހަތައް ނުރައްވާތެރި ވީމައެވެ. އެހެން ކަމުން އެ އާދަ ހުއްޓާލުމަށް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހެއެވެ.
ކައުން ސިލިން
އެގޮތުން "ކޯލްޑް ޓާކީ" އަކީ ދުންފަތުގެ އިސްއުމާލު ކުރުމުން ދުރުހެލި ވުމަށް ބޭނުން ކުރެވިދާނެ އުކުޅެ ކެވެ. އެއީ ކުއްލިއަކަށް ސިގެރޭޓް ހުއްޓާލުމުގެ ބަދަލުގައި މަޑުމަޑުން އެކަން ކުރުމެވެ. ސާވޭ ތަކުން ދައްކާގޮތުގައި އެގޮތަށް އަމަލުކުރާ މީހުންގެ ތެރެއިން %90 މީހުން ވަނީ ސިގެރޭޓާ އެއްކޮށް ދުރު ހެލި ވެފައެވެ. އެހެން ކަމުން މިއީ ވަރަށް އެފެކްޓިވް އުކުޅެއް ކަމަށް ގިނަ ތަޖުރިބާ ކާރުން ދެކެއެވެ.
މީގެ އިތުރުން ނިކޮޓިން ރިޕްލޭސްމެޓް ވެސް އެއީ ސިގެރޭޓް ބުއިމުގެ އާދައިން ދުރުހެލި ކޮށްދޭ އުކުޅެކެވެ. އެގޮތުން އެ މެތަޓްގައި ދުވާލެއްގެ މަތިން ނިކޮޓިން ނަގާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ދަށް ކުރަމުންނެވެ. އޭރުން ދުވަސްކޮޅެއްގެ ތެރޭގައި އެދެވޭ ނަތީޖާއަކަށް ފޯރާނެއެވެ.
ނިކޮޓިން ޕެޗް
ސިގެރޭޓްއަށް ދެވި ހިފާފައި ވާނަމަ އެންމެ ބުއްދެރި ގޮތަކީ އެކަން ހުއްޓާލަން އެހީ ހޯދުމެވެ. އެގޮތުން ކައުންސިލިން ނަގައިގެން ވެސް އެ އާދައިން ސަލާމަތް ވެވޭނެ ކަމަށް ގިނަ ތަޖުރިބާ ކާރުން ވަނީ ބުނެފައެވެ.
ދުންފަތުގެ އިސްތިއުމާލު ކޮށްގެން އެތަށް ބަލިތަކަކައް މަގުފަހިވާއިރު އެ އާދަ ހުއްޓާލަން ބޭނުންވާނަމަ ވަރަށް ހިތްވަރާ އެކު ގަދަ އަޒުމުގާ މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.
އެންމެ ރަނގަޅު ގޮތަކީ ދުންފަތުގެ އިސްތިއުމާލު ކުރަން ނުފެށުމެވެ.