ads
އިދިކޮޅުގެ ރެލީ
ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނިކޮށް އިދިކޮޅުން މަގުމައްޗަށް!
ކޮވިޑް-19 ކޮންޓްރޯޅް ކުރުމަޓަކައި އަޅަމުންދާ ހަރުކަށި ފިޔަވަޅުގެ ތެރެއިން މިއަދު އަނެއްކާވެސް ހައެއްގެ ފަހުން ވެހިކަލް ދުއްވުން މަނާކޮށްފައިވަނިކޮށް ޕީޕީއެމް/ޕީއެންސީގެ ރެލީ ފަށައިފި އެވެ.

“ފްލެޓް ކޮބާ؟” ގެ ނަމުގައި އިދިކޮޅުން މިއަދު ބޭއްވުމަށް ނިންމާފައިވާ ރިލޭ ފަށާފައިވަނީ ހަވީރު 16:00 ގައެވެ. މި ހިނގާލުމަކީ ފްލެޓް ގެއްލުން ފަރާތްތަކުގެ ހައްގުތައް ހޯދުމަށް ބާއްވާ ހިނގާލުމެއް ކަމަށް އިދިކޮޅުން ވަނީ މައުލޫމާތު ދީފައެވެ. 

މިއަދުގެ ހިނގާލުން މިހާރު ފަށައިގެން ކުރިއަށް ދާއިރު، އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުންގެ އިތުރުން ގިނަ ބަޔަކު ވަނީ މިހިނގާޅުމުގަައި ބައިވެރިވެފައެވެ. އެހެންކަމުން އެޗްޕީއޭގެ ގައިޑްލައިންގައި ވާ ގޮތާއި ހިލާފަށް ގައިދުރުކަމެއްވެސް ބައިވެރިންގެ މެދުގައި ނެތް ކަން ފާހަގަކުރެވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމާ މިފަހަކުން އިދިކޮޅުން ދަނީ އެކި އެއްވުންތައް ބާއްވަމުންނެވެ. އަދި އެމުޒާހަރާތަކުގައި އިދިކޮޅު އެކި ލީޑަރުންނާއި ސަޕޯޓަރުން ވަނީ އެކި ފަހަރު މަތިން ހައްޔަރު ކޮށްފައެވެ. 

އިދިކޮޅުން ބޮޑު ރިލޭޭއެއް ބާއްވަން ނިންމާފައިވާއިރު ކޮވިޑް-19 ގެ ކޭސްތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި އެޗްޕީއޭއިން ވަނީ ކޮވިޑްގެ ކޭސްތައް ދަށްވަމުން ނުދާތީ ކުރިން ދީފައިވާ ބޮޑެތި ލުއިތައްވެސް އަނބުރާ ނަގާފައެެވެ. އެގޮތުން ޖަލްސާތަކާއި ހަފްލާތައްވެސް ނުބޭއްވޭ ގޮތަށް އެޗްޕީއޭއިން މިހާރު ވަނީ އަނެއްކާވެސް ގައިޑްލައިނަށް ބަދަލުގެނެސް އިއުލާންކޮށްފައެވެ. އަދި މިއަދު ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށް ޓަކައި މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށް ޓާއި، ގުޅީފަޅާއި، ހުޅުލޭގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައެވެ. 

އަދި އައްޑޫ ކޮވިޑް ކްލަސްޓާ ބޮޑުވަމުން ދިޔުމާއި ގުޅިގެން މާދަމާ އިން ފެށިގެން ފުވައްމުލަކު ސިޓީގައި ވެސް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް