ads
އީސީގެ ރައީސް ޝަރީފް
އެޗްޕީއޭގެ ގައިޑްލައިނުތަކަށް ސިޔާސީ ޕާޓީތަކުން އަމަލު ކުރަން ޖެހޭ: ޝަރީފް
ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނުތަކަށް ސިޔާސީ ޕާޓީތަކުން އަމަލު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، އިއްޔެ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒާހަރާގެ ވީޑިއޯއެއް ހިއްސާ ކުރައްވާ ކުރެއްވި ޓުވީޓެއްގަ އެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުންވެސް އެޗްޕީއޭއިން އިއުލާނުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ހިއްސާ ކުރެއްވި ވީޑިއޯއިން ފެންނަ މަންޒަރުތަކަށް، އެ އެއްވުން އިންތިޒާމު ކުރި ޕާޓީން ޖަވާބުދާރީ ވާން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ހިއްސާ ކުރެއްވި ވީޑިއޯގައި ފެނިގެން ދަނީ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ރޫޅާލާ، ކުރިއަށް ދާ މަންޒަރެވެ.

“ފްލެޓް ކޮބާ؟” ގެ ނަމުގައި އިދިކޮޅުން އިއްޔެ ބޭއްވި ހިނގާލުމަކީ ފްލެޓް ގެއްލުނު ފަރާތްތަކުގެ ހައްގުތައް ހޯދުމަށް ބޭއްވި ހިނގާލުމެއް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ. 

އިއްޔެ އިދިކޮޅުން ބޭއްވި މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ލީޑަރުން ބައިވެރިވި އިރު، އެޗްޕީއޭގެ ގައިޑްލައިންގައި ވާ ގޮތާއި ހިލާފަށް ގައިދުރުކަމެއް ވެސް ހިނގާލުމުގެ ބައިވެރިންގެ މެދުގައި ނެތް ކަން ފާހަގަވެގެން ދިޔައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް