ads
ޑރ. ޖަމީލް--
ގައުމަށް ރީތިނަން ހޯދައިދިން ފަރާތްތަކަށް އިހުތިރާމް ކުރަން ޖެހޭ: ޖަމީލް
ގައުމަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޖަމީލް މިހެން ވިދާޅުވެ ޓުވީޓު ކުރެއްވީ ދިވެހިންގެ ލޯބި ހޯދާފައިވާ އަލީ އަޝްފާގު (ދަގަނޑޭ) އަދި އަކުރަމް އަބްދުލްގަނީ (އަކޫ) އަށް ނިސްބަތްކޮށް މީހަކު ކުރި ޓުވީޓަކާ ގުޅިގެން، އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. 

އެގޮތުން ކޮންމެ ގައުމެއްގައި ވެސް ފަހުރުވެރިވާ ކަންކަމާއި މީހުންނަކީ އެ ގައުމެއްގެ އައިޑެންޓިޓީގެ ބައެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށް ނެރެނީ އެ ޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ ކަމަށާއި އެކަމަށް މައާފަށް އެދެން ޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. 

އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށް ނެރެނީ އެ ޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ ކަމަށް ޖަމީލް ވިދާޅުވެފައިވަނީ، ދަގަނޑޭ އާއި އަކޫއަށް ނިސްބަތްކޮށް އެ ޓުވީޓު ކުރި މީހާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ނަގާފައިވާ ދެ ފޮޓޯ ވެސް މި ޓުވީޓާއެކު ހިއްސާ ކުރައްވަމުންނެވެ.

ދަގަނޑޭ އާއި އަކޫގެ ފޮޓޯއެއް ހިއްސާކޮށް، ދަގަނޑޭ އާއި އަކޫ އަކީ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ، ނުވަތަ ހަރުކަށި ފިކުރުގެ ދެމީހުންކަން ދޭހަވާފަދަ ގޮތަކަށް ކޮށްފައިވާ ޓުވީޓަކާއި ގުޅިގެން މުޅި ސޯޝަލް މީޑިއާ މިހާރު އަންނަނީ ކެކި އުތުރެމުންނެވެ. އެގޮތުން ސަރުކާރުގެ އެކި ބޭފުޅުންނާއި، ސިޔާސީ ބޭފުޅުން އަދި ކުޅިވަރު އާއިލާތަކުގެ މީހުން ހިމެނޭހެން ގިނަ ބަޔަކު އަންނަނީ އެ ދެކުޅުންތެރިންނާއެކު ވާކަމަށް ބުނެ، އެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް