ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު----
އަލީ ވަހީދު މައްސަލާގައި ފޮނުވަން ޖެހޭ ލިޔެކިއުންތައް ފޮނުވިން: ކްރިމިނަލް ކޯޓު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން ޖެހޭ ލިޔެކިއުންތައް ފޮނުވާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ކުރެއްވި ޓުވީޓެއްގައި އަދި ޕީޖީ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި މައްސަލައާއި ގުޅޭ ބައެއް ލިޔެކިއުންތައް ނުލިބޭކަން ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބް ވަނީ ޕީޖީއަށް ފޮނުވަން ޖެހޭ ލިޔެކިއުންތައް ފޮނުވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޖީބް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން މީޑިއާ އާއި ހިއްސާކޮށްފައިވާ މައުލޫމާތު ނޫން އިތުރު ކަމެއް މިވަގުތު ފާހަގަ ކުރަން ނެތް ކަމަށެވެ. 

ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު ކޯޓުން ވަނީ އަލުން އޭނާގެ ޕާސްޕޯޓު އަނބުރާ ހަވާލުކުރުމަށް ނިންމާފައެވެ. ޕީޖީން ބުނެފައިވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކޯޓުން ނިންމީ އޭނާއަކީ އެހެން ރިކޯޑެއް އޮތް މީހަކަށް ނުވާތީ، ޑޮކްޓަރުގެ ވާހަކަތަކަށް ބިނާކޮށް، މީހަކު ޖާމިނު ކުރުމަށް ފަހު ކަމަށެވެ. އަދި މިހާރު އޭނާ އިނގިރޭސިވިލާތަށް ގޮސްފައިވާކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. 

މިމައްސަލާގައި ޕީޖީން މީގެކުރިން ބުނެފައިވަނީ، ޖާމިނު ކުރުވަނީ ކާކުތޯ ޝަރީއަތުން ސުވާލު ކުރުމުން އަލީ ވަހީދު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަސްއަދު އަލީ (އަޑުބަރޭ) އޭނާއަށް ޖާމިނުވާނެ ކަމަށް ބުނެފައި ކަމަށެވެ. 

ޕީޖީ އޮފީހުން، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިއަދު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް