ads
ފާތިމަތު މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ކޮއްކޯފުޅުގެ މާލީބަޔާން ނެގީ މައުލޫމާތުގެ ކުށެއް އޮވެގެން: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓް އެންޑް ޕްރޮޓޮކޯލް ފާއިމަތު މުހައްމަދު ސޯލިހުގެ މާލީ ބަޔާން އެއޮފީހުގެ ވެބްސައިޓުން ނެގީ، އެ ބަޔާނުގައި މައުލޫމާތުގެ ކުށެއް އޮތުމުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
  1. ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެއޮފީހުގެ ސެކެޓްރީ ފާއިމަތު މުހައްމަދު ސޯލިހުގެ މާލީ ބަޔާން ވެބްސައިޓުން ނަގާފައިވަނީ، ފޯމް އެންޓާ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުން ނުރަނގަޅު މައުލޫމާތުތަކެއް ހުރިކަން ފާހަގަކުރެވިގެން ކަމަށެވެ. 

އެގޮތުން އެކަމަނާގެ މާލީ ބަޔާން ފޯމުގެ މުދަލާއި، އާމްދަނީ އާއި، ފައިސާ އަދި ލޯނުގެ ބައިގައި، އެކަނާގެ މައުލޫމާތުގެ ބަދަލުގައި ފިރިކަލުން އަލްމަރްހޫމް އިސްމާއިލް ފިރާގުގެ ބޭންކް އެކައުންޓުގައި ހުރި ހަތްލައްކަ ރުފިޔާ އާއި، އިމާރާތުގެ އަގުގެ ގޮތުގައި ހިމަނާފައިވާ 20 މިލިއަން ރުފިޔާގެ މައުލޫމާތަކީ ނުރަނގަޅު މައުލޫމާތެއް ކަމަށާއި، ފޯމުގައި އެ މައުލޫމާތުތަށް ހިމެނިފައިވާކަން ފާހަގަކުރެވިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. 

އަދި މީގެއިތުރުން އެ މައުލޫމާތުތައް އިސްލާހު ކުރުމަށްފަހު އަލުން ރައީސް އޮފީހުގެ ވެބްސައިޓަށް މިހާރު އަޕްލޯޑު ކޮށްފައިވާކަމަށްވެސް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސޯލިހުގެ މާލީ ބަޔާން، އެއޮފީހުގެ ވެބްސައިޓުން ނަގާފައިވާކަން ފާހަގަކުރެވި އެކަން ފެންމަތިވެފައިވަނީ، ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓު އިއުލާން ކުރިއިރު، އެކަމަނާއަށްވެސް ފްލެޓް ލިބިފައިވާތީ އެކަމާއި ފާޑުކިޔުންތައް އަމާޒުފެވައިވާ ދަނޑިވަޅެއްގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް