ads
ފޮޓޯ: އުނގޫފާރު. ކޮމް
ބޮޑުފުށިން ކާނާ ވިހަވެ ގިނަ ބަޔަކު ފަރުވާއަށް އުނގޫފާރަށް ގެންގޮސްފި
ރ. ބޮޑުފުށީގައި މަސައްކަތްކުރާ ގިނަ ބަޔަކު ކާނާ ވިހަވެ ފަރުވާއަށް އެއަތޮޅު ރީޖަނަލް ހޮސްޕަލަށް ގެންގޮސްފި އެވެ.
Advertisement

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ބޮޑުފުށީގައި މަސައްކަތްކުރާ 68 ބަންގްލަދޭޝް މީހަކު ކާނާ ވިހަވެ ފަރުވާއަށް އުނގޫފާރަށް ގޮސްފައި ވަނީ މީގެ ބައި ގަޑިއިރެއްހާއިރު ކުރިންނެވެ.

ބަނދަރު ސަރަހައްދުގައި ބައިތިއްބައިގެން އެމީހުންގެ ހާލަތު ބެލުމަށް ފަހު، އިތުރު ފަރުވާ ބޭނުންވާ މީހުން ހޮސްޕިޓަލަށް ގެންދަމުން އަންނަކަން ފާހަގަކުރައްވާ އޮފިޝަލް ވިދާޅުވީ މިހާތަނަށް އޭގެ ތެރެއިން ތިން މީހަކު އެޑްމިޓްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެއް ފަހަރާ އެހާ ގިނަ ބަޔަކު އައުމުގެ ސަބަބުން އެމީހުންނަށް ފަރުވާ ކުރާނެ އިންތިޒާމު ހޮސްޕިޓަލުގެ ތެރެއިން މި ދުވަސްވަރު ހަމަޖެހިފައި ނުވާތީ ބަނދަރަށް ހޮސްޕިޓަލްގެ ޓީމެއް ގޮސް ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އެމީހުން ކާނާ ވިހަވި ގޮތް އަދި ސާފު ނުވާއިރު ބޮޑުފުއްޓަކީ ރިސޯޓެއް ތަރައްގީކުރަމުން އަންނަ ރަށެކެވެ. އެތަނުގައި 400 އެއްހާ މީހުން މަސައްކަތް ކުރާ ކަމަށް ވެ އެވެ.

އެޗްޕީއޭގެ ގައިޑްލައިން އޮންނަ ގޮތުން ރިސޯޓުތަކާއި ސިނާއީ ރަށްތަކުން މީހުން އުޅޭ ރަށްތަކަށް އެރެނީ ކައުންސިލްގެ ހުއްދައާއެކު އެވެ. އެ ބިދޭސީންނާ ހަވާލާދީ ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަަލް މައުލޫމާތުދޭ ގޮތުގައި އެމީހުން ރަަށަށް އައީ ހުއްދައާއެކު އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް