އެމްޓީސީސީއިން ބުނީ ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސަންޓު ވަނީ ނިންމާލާފަ އެވެ.
އެ މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
ޑިސެމްބަރު ހަތްވަނަ ދުވަހު ފަށާފައިވާ އެ މަޝްރޫއު، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 56.3 މިލިއަން ރުފިޔާ އަށެވެ.