ads
ހެރީ އަދި މޭގަން-- ފޮޓޯ: މީސަން ހެރިމަން
ޕްރިންސް ހެރީ އާއި މޭގަންއަށް ދެވަނަ ދަރިއަކު ލިބެނީ
އިނގިރޭސި ޝާހީ އާއިލާގެ ޑިޔުކް އެންޑް ޑަޗަސް އޮފް ކެމްބްރިޖްއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ.

ހެރީ އާއި މޭގަންގެ ފުރަތަމަ ދަރިފުޅުމު އާޗީ މައުންޓްބެޓަން ވިންޑްސާއަށް އެއް އަހަރު ފުރުނީ މިދިޔަ މޭ މަހު އެވެ. އެމީހުންގެ ތަރުޖަމާނު ބުނީ ދެވަނަ ދަރިއަކު ލިބޭތީ އެމީހުން ތިބީ ވަރަށް އުފަލުން ކަމަށެވެ.

ބަކިންހަމް ޕެލެސްގެ ތަރުޖަމާނު ބުނީ ރާނީ އެލިޒަބަތު އާއި ޑިއުކް އޮފް އެޑިންބާގް އަދި ޕްރިންސް އޮފް ވޭލްސް ވެސް ތިއްބެވީ މި ހަބަރު ލިބުމުން ވަރަށް އުފާވެފައިވާ ކަމަށެވެ.

މިކަން އިއުލާނުކޮށް ހެރީ އާއި މޭގަން ވަނީ އެމީހުން ރީތި ފޮޓޯއެއް ވެސް އާއްމުކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަނީ ގަހެއްގެ ބުޑުގައި ދެމީހުން ތިބޭއިރު، އޮށޯވެގެން އޮތް މޭގަންގެ ބޮލުގައި ހެރީ އަތް އަޅައިގެން އިންނަ މަންޒަރެވެ. 

މޭގަން ވިހާނެ ދުވަސް އިއުލާނު ނުކުރި ނަމަވެސް ފޮޓޯއިން ފެންނަ ގޮތުގައި އޭނާ އިނީ ވިހަން ގާތްވެފަ އެވެ. މިކަން އިއުލާނު ކުރިއިރު، މިދިޔަ ނޮވެމްބަރު މަހު މޭގަން ވަނީ އޭނާ ދެވަނަ ފަހަރަށް ބަލިވެ އިނދެ ބައިގެން ދިޔަ ކަން ވެސް މީޑިއާއަށް އާއްމުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް