އެގޮތުން މިއަހަރުގެ ލޯބިވެރިންގެ ދުވަހު އެ ދެތަރިން ހޭދަކޮށްފައިވަނީ ދުރުގައެވެ. ދަ ވޮއިސްގެ ޝޫޓިންނަށް ނިކް އުޅެނީ ނުލާހިކު ބިޒީކޮށެވެ. ނަމަވެސް އޭނާ ވަނީ ދުރުގައި ހުރި ނަމަވެސް ލޯބިވާ އަންހެނުންނަށް ފުރިހަމަ ހަދިޔާއެއް ދީފައެވެ.
އެގޮތުން ލޯބިވެރިންގެ ދުވަހުގެ ހަދިޔާއަކަށް ޕްރިޔަންކާއަށް ނިކް ވަނީ ރަތްކުލައިގެ މެގެންތާ ފިނިފެން މަލުން ހަދިޔާކޮށްފައެވެ. ފިނިފެން މަލުން ޖަރީކޮށްފައިވާ އެ ކޮޓަރީގެ ފޮޓޯ އެއް ހިއްސާކުރަމުން ޕްރިޔަންކާ ބުނެފައި ވަނީ އެ މާތަކުގެ ބަދަލުގައި ނިކް އޭނާގެ ކައިރީގައި ހުރިނަމަ މާ އުފާވީސް ކަމަށެވެ.
ޕްރިޔަންކާ ހިއްސާ ކޮށްފައިވާ ފޮޓޯ
ލޯބިވެރިންގެ ދުވަހުގައި ކޮޓަރި ފިނިފެންމަލުން ޖަރީވުމަކީ ގިނަ އަންހެން ކުދިންގެ ހުވަފެނަކަށް ވާއިރު ނިކް ވަނީ އެ ހުވަފެން ޕްރިޔަންކާއަށް ތެދުކޮށްދީފައެވެ.