ads
އުދައްޔު: ފޮޓޯ އާއިލާ
އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ގއ. މާމެންދޫގައި މިމަހުގެ 8 ވަނަ ދުވަހުގެރޭ ހިނގާދިޔަ މާރާމާރީއެއްގައި ނިޔާވި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ މާމެންދޫގައި ނިޔާވި އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށާއި، ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށެވެ. 

ގއ. މާމެންދޫގައި މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 11:00 ހާއިރު ހިނގާދިޔަ މާރާމާރީގައި ނިޔާވި އުދައްޔުގެ މަރުގެ މައްސަލާގައި ފުލުހުން މިހާތަނަށް ވަނީ 5 މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތިން މީހެކެވެ. އެއީ 27 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

އަދި އޭގެ ފަހުން ފުލުހުން ވަނީ އެމައްސަލާގައި އިތުރު 2 މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައެވެ. އެއީ އުމުރުން 25 އަހަރުގެ މީހަކާއި އުމުރުން 18 އަހަރުގެ މީހެކެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް