ads
އޭއެފްސީ ކަޕުގެ މެޗަކަށް ފަހު މާޒިޔާގެ އިބްރާހިމް މަހުދީ
އޭއެފްސީ ކަޕު ބޭއްވުމަށް އިންޑިއާއިން ބިޑުކުރަނީ
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން އަވަށްޓެރި އިންޑިއާއިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އޭއެފްސީ ކަޕުގެ އިތުރުން އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިންޑިޔާގެ ގޯއާ އެފްސީ ހިމެނޭ ގްރޫޕުގެ މެޗުތައް ހޯސްޓް ކުރަންވެސް އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުންވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
Advertisement

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ މެޗުތައް އެއް ސްޓޭޑިއަމެއްގައި ކުރިއަށް ގެންދިޔުމަށް އޭއެފްސީންވަނީ ނިންމާފައެވެ. މި އަހަރުގެ އޭއެފްސީ ކަޕުގައި އިންޑީޔާއިން ވާދަކުރާނީ އޭޓީކޭ މޯހަން ބަގާންއެވެ. މީގެ އިތުރުން ޕްލޭ އޮފްގައި ބެންގަލޫރު އެފްސީން ވާދަކުރާނެއެވެ. ރާއްޖޭން މި ގްރޫޕުގައި ހިމެނެނީ މާޒިޔާއެވެ. ޕްލޭ އޮފްގައި ރާއްޖޭން ވާދަކުރާނީ އީގަލްސްއެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިޔާއިންވަނީ ގޯއާގައި އޭއެފްސީ ކަޕުގެ މެޗުތަކާއި ޗެމްޕިއަންސް ލީގުގެ މެޗުތައް ހޯސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މި ކަމަށް މިހާރު ގޯއާގެ ދެ ސްޓޭޑިއަމެއް ކަނޑައަޅައި، އަދި ފަސް ޓްރެއިނިންގ ގްރައުންޑްވެސް ކަނޑައަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އިންޑިޔާގެ ވިސްނުން ހުރީ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވަކި ޓްރެއިނިން ގްރައުންޑެއް ހާއްސަ ކުރާށެވެ. 

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްޑް ވެނިއުއެއްގައި ކުރިއަށް ގެންދަން އޭއެފްސީން މިދިޔަ އަހަރުވެސް ނިންމިއެވެ. އެހެންނަމަ ވެސް ކޮވިޑުގެ ހާލަތު ގޯހުން ގޯހަށް ގޮސް އެންމެ ފަހުން މުބާރާތް ކެންސަލް ކުރީއެވެ. 

މިދިޔަ އަހަރު ސެންޓްރަލައިޒްޑް ވެނިއުއެއްގައި މުބާރާތް ކުރިއަށް ގެންދަން އޭއެފްސީން ނިންމުމުން މުބާރާތް ހޯސްޓް ކުރަން ހުށަހެޅީ ރާއްޖޭން އެކަންޏެވެ. ރާއްޖެ ފިޔަވައި އެހެން އެއްވެސް ގައުމަކުން މުބާރާތް ހޯސްޓް ކުރަން ޝައުގުވެރިކަން ފާޅުނުކުރުމުން މިދިޔަ އަހަރު ރާއްޖެއަށް އެ ފުރުސަތު އޭއެފްސީން ދިނެވެ. މި އަހަރުގެ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ހޯސްޓް ކުރަން މަސައްކަތް ކުރުމުގެ ވިސްނުމެއް ހުރި ކަމަކަށް މިހާތަނަށް އެފްއޭއެމަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. 

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ފެށޭނީ އަންނަ މެއި މަހުއެވެ. ޕްރިމިލިނަރީ ބުރުގެ މެޗުތައް އަންނަ އޭޕްރީލް މަހު ފެށޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް