މި ހާދިސާ ހިނގާފައިވަނީ އިނގިރޭސިވިލާތުގައެވެ.
އެ ކުދިންނަށް ޖިންނި ފެންނަ ވީޑިއޯ މިހާރު އަންނަނީ އިނގިރޭސި ވިލާތުގެ މީޑިއާތަކުގައި އެނބުރެމުންނެވެ.
މިގޮތުން އެކުދިންގެ މަންނަ ކެއިޓްލިން ނިކޮލަސް، 25 ބުނެފައިވަނީ އޭނާގެ ސަމާލުކަމަށް އެކަން އައީ، ބޭބީ މޮނީޓަރުން އެ ކުދިން ހަޅޭލަވާ އަޑު އިވޭތީ އެ ބެލުމުންކަމަށެވެ.
"ފުރޭތައެއް" ފެނުނު ކަމަށް އެ ކުދިން އެ ވިޑިއޯގައި ބުނެއެވެ.
އަދި އެކުދިން ދައްކާ ބިރުވެރި ސޫރަ ފާރަށް ފާޅުވެފައިވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
އެ ކުދިންގެ މަންމަ ބުނެފައިވަނީ ބައެއް ރޭރޭ މެންދަމު އެ ކުދިން ހޭލުމަށްފަހު، ވެސް ފާރު ދައްކައި އެ ތަނުން ބިރުވެރި އެއްޗެ ފެންނަ ވާހަކަ މީގެ ކުރިން ދައްކާފައިވާކަމަށެވެ.