ads
ފޮޓޯ:ޓްވިޓާ
މަޖިލީހުގެ ފަރާތުން ވޯކްޝޮޕެއް ޓުއާ އޮޕަރޭޓަރުންނައީ އެޖެންސީތަކަށް
ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކުގެ ހާއްސަ ގާނޫނު އެކުލަވާލުމުގެ ގޮތުން އެފަދަ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ބާއްވާ ވޯކްޝޯޕްގައި ބައިވެރިވވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ރާއްޖޭގައި މަސައްކަތްކުރަމުންދާ ގާނޫނުގެ ދަށުން އެކުލަވާލައި ޢަމަލުކުރަމުން އަންނަ ގަވާއިދެއްގެ ދަށުން ކަމުގައިވާތީ، ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. 

އެގާނޫނެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކާއި، އަދި ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދައި މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވާކްޝޮޕްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން މައުލޫމާތު ދެއެެވެ. 


އެހެންކަމުން އެ ވާކްޝޮޕްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެފަރާތްތަކުގެ މައުލޫމާތު (ނަން، އެޑްރެސް، އީމެއިލް އަދި ފޯނު ނަންބަރު) މިމަހުގެ 17 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މަޖިލީހުގެ އީމެއިލް އެޑްރެސްއަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދިނުމަށް އެދޭކަމަށް މަޖިލީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް