ads
ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ފުރަތަމަ އަންހެން ޕްރެސިޑެންޓް ---
ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ރައީސްއަށް ފުރަތަމަ ފަހަރަށް އަންހެނެއް
ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަދި ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް (ޖީއޭޓީޓީ)ގެ ފުރަތަމަ އަންހެން ރައީސާގެ މަގާމަށް ނައިޖީރިއާގެ އެންގޯޒީ އޮކޮންޖި-އެވާލާ އައްޔަން ކޮށްފިއެވެ.

މިއީ ޑަބްލިއުޓީއޯ އަދި ޖީއޭޓީޓީގެ 73 އަހަރުގެ ދިގު ތާރީހުގައި މި މަގާމަށް އެފްރިކާ ބައްރަށް ނިސްބަތްވާ މީހަކު އަދި އަންހެނަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

އޭނާ މި މަގާމަށް އައްޔަން ކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން އެންގޯޒީ މި މަގާމަށް އައްޔަން ކޮށްފައިވަނީ މި ޑަބްލިއުޓީއޯގެ 164 މެމްބަރު ގައުމުގެ މެދުގައި ނެގުނު ވޯޓަކުންނެވެ. 

މަގާމާ ހަވާލުވުމަށްފަހު މީޑިއާއާއި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އެންގޯޒީ ވަނީ ކޮވިޑް 19އާިއ ގުޅިގެން ދިމާވެފައިވާ ސިއްހީ އަދި އިގްތިސާދީ ކަންކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވީހާވެސް އަވަހަށް ބަލާނެ ކަމަށެވެ. އަދި ދުނިޔޭގެ އިގުތިސާދު އަލުން ފަށައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެންގޯޒީ ވިދާޅުވިއެވެ.

އެންގޯޒީ މި މަގާމަށް ހޮވިފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންގޯޒީ އަށް ތާއީދު ކުުރާކަން ހާމަ ކުރިފަހުންނެވެ. އެންގޯޒީގެ އިތުރުން މި މަގާމަށް ކުރިމަތިލައްވާފައި އޮތީ ސައުރު ކޮރެއާގެ ޓްރޭޑް މިނިސްޓަރު ޔޫ މިޔުންގް-ހީ އެވެ. ނަމަވެސް ޔޫ މިޔުންގް-ހީ ނަން އަނބުރާ ގެންދެވުމުން ހަމައެކަނި ކެންޑިޑޭޓަކަށް ހުރީ އެންގޯޒީއެވެ. އަދި އޭނާ އެ މަގާމަށް ހަމަނުޖައްސާ ހުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެކަމަށް ދެކޮޅު ހަދާ ހުރަސް އެޅުމުގެ ސަބަބުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް