އެމްއެންޑިއެފްއިން ބުނީ، އެމީހާ އެންމެ ފުރަތަމަ ފެނުނީ އެސަރަހައްދުން ދަތުރުކުރަމުންދިޔަ "މޯލްޑިވިއާނާ" ނަމަކަށްކިޔާ ސަފާރީ ބޯޓަކަށް ކަމަށެވެ.
އެގޮތުން އޮޔާދާ ޑިންގީ އެއްގެ ތެރެއިން ބިދޭސީއެއް ފެނިގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 17:12 ހާއިރު ކަމަށާއި، މާލެ އޭރިޔާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިހާރު އޭނާ ވަނީ ވ.ފެލިދޫއަށް ގެންގޮސްފައި ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްއިން ބުނީ، އޭނާގެ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އޭނާ އަކީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.