ads
އޮޔާ ދަނިކޮށް ފެނުނު ބިދޭސީ މިހާ.. ފޮޓޯ: އެމްއެންޑީއެފް
މަރުވެފައި އޮއްވާ ފެނުނީ އޮޔާ ދަނިކޮށް ސަލާމަތްކުރި މީހާ އާއި ގުޅުންހުރި މީހެއް: ފުލުހުން
ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނީ، މިއަދު ކަނޑުމަތިން އޮޔާ ދަނިކޮށް ސަލާމަތްކުރި މީހާ އާއި ގުޅުންހުރި މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވ.އަތޮޅު ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާ އަކީ، ހަމަ އެއަތޮޅު އަންބަރާ ބޭރުން ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނު ޑިންގީ އާއި ގުޅުންހުރި މީހެއްކަމަށް މިހާތަނަށް ބެލި ބެލުން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. 

ވ.އަންބަރާ ބޭރުން ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނު ޑިންގީގައި ހުރި ބިދޭސީއެއް މިއަދި ހަވީރު އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފައެވެ. އަދި އޭނާ އަތުގައި ހުރި ލިޔެކިއުންތަކުން އޭނާ އަކީ ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށް ބެލެވޭ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. 

އަނެއްކޮޅުން ހަމަ އެއަތޮޅު ފޮއްތެޔޮ ބޮޑުފުއްޓަށް ދަނޑިކަނޑަން ގޮސްއުޅުނު ބަޔަކަށް މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު 11:02 ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެއީ ބިދޭސީއެއްގެ ހަށިގަނޑުކަމަށް ބެލެވޭކަމަށްވެސް ފުލުން ވަނީ މީގެކުރިން ބުނެފައެވެ. 

ފުލުހުން ބުނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް