ހަބަރު /
ފުޅަދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
08 ނޮވެންބަރ 2019 - 18:31:29
ބ. ފުޅަދޫ ބަނދަރުގެ ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 48.3 މިލިއަން ރުފިޔާ އަށެވެ.
އެ މަޝްރޫއުގެ ދަށުން އެރަށުގައި 51،861 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 108 މީޓަރުގެ ބޭރު ތޮއްޓެއް ލުމުގެ އިތުރުން 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި 223 މީޓަރުގެ އެތެރެ ތޮއްޓެއް ލާނެ އެވެ. އަދި މޫރިން ބްލޮކްސް ލުމުގެ އިތުރުން ޕޭމަންޓުވެސް ހަދާނެ އެވެ.
އެ މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައި ވަނީ 390 ދުވަހެވެ.
ކުޑަ އާބާދީއެއް އޮންނަ ފުޅަދޫގައި މިހާތަނަށް ބަނދަރެއް ހެދިފައެއް ނުވެއެވެ. އެރަށުގެ ރައްޔިތުން ލަފާ ފުރުމަށް ބޭނުން ކުރަމުންދަނީ ރަށުގައި ހެދިފައި އޮންނަ ފާލަމެއް ނަމަވެސް، މޫސުން ގޯސްވާ ދުވަސްވަރު އެކަމުގެ ސަބަބުން އާންމުންނަށް އިންތިހާއަށް އަންނަނީ ދަތިތައް ކުރިމަތިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް