ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގެ ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން 400 އަކަފޫޓުގެ 30 ޕްލޮޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 17 އިން ފެށިގެން 25 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ 30 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 1000 ރުފިޔާއަށެވެ. އެ ޕްލޮޓްތަކަށް އެދޭނީ އެކަމަށް ހާއްސަކޮށް ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
ޝަރުތު ހަމަވާފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާކަމުގައި ވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެދޭފަރާތްތަކުގެ މެދުގައި ގުރުލައަތު ލައިގެންކަމަށް ބުނެ އެވެ. އެއްވެސް ޕްލޮޓެއް ފަހުން ހުސްވެއްޖެނަމަ އިތުރަށް ދޫކުރާނީ ގުރުއަތު ތަރުތީބުން ކަމަށާއި ޕްލޮޓް ދޫކުރާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބުނެ އެވެ.