ރިޕޯޓްތައް ބުނާ ގޮތުގައި ޖެކްލީން ބަދަލުވެފައި މިވަނީ ކުރިން ޕްރިޔަންކާ ޗޯޕްރާ އުޅުނު ގެއަށެވެ. އެގޮތުން ޖެކްލީން އެ ގޭގައި އުޅެމުން އަންނަނީ އެތަން ގަނެގެނެއް ނޫނެވެ. އެކަމަކު މަހު ކުއްޔަށެވެ. އެގޮތުން ކުއްޔަށް ހަ ލައްކަ ރުޕީސް މަހަކު ދައްކާނެ ކަމަށް ވެ އެވެ.
ޖޫހޫގައި ހުންނަ އެ ގެއަކީ ފަސް ކޮޓަރީގެ ގެއެކެވެ. 2016 ވަނަ އަހަރު ޕްރިޔަންކާ އެގެއަށް ބަދަލުވީ ހަތް ކްރޯޑް ރުޕީސްއަށެވެ.
ޕްރިޔަންކާ ވަނީ ފަހުން އެތަން އެހެން މީހަކަށް ވިއްކާލާފަ އެވެ. އެ މީހާ މިހާރު އެތަން ޖެކްލީނަށް މިވަނީ ކުއްޔަށް ދީފަ އެވެ.
ކައިވެންޏަށް ފަހު ޕްރިޔަންކާ ވަނީ އޭނާގެ ދިރިއުޅުން ޔޫއެސްއަށް ބަދަލުކޮށްފަ އެވެ.
އުމުރުން 35 އަހަރުގެ ޖެކްލީން ވަނީ ރޭސް އާއި ޖުޅްވާ އަދި ކިކް ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.