ads
ޕްރިންސް ފިލިޕް
ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އޮންނަތާ ދެ ދުވަސް
އިނގިރޭސިވިލާތުގެ ރާނީގެ ފިރިމީހާ ޕްރިންސް ފިލިޕް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާތާ މިހާރު ދެ ދުވަސް ވެއްޖެ އެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި 99 އަހަރުގެ ފިލިޕްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނު ވަނީ ނިމިދިޔަ އަންގާރަ ދުވަހުގައި ކިންގް އެޑްވާޑް ދަ ސެވެންތް ހަސްފަތާލަށް ގެންގޮސްފަ އެވެ. އަދި ފިލިޕް ހަސްފަތާލަށް ވަޑައިގެންނެވީ ކާރުގައި ކަމަށާއި އެމަނިކުފާނު އެނދުމަތިކޮށްފައިވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ވެސް ބީބީސީގައި ވެއެވެ.

ޕްރިންސް ފިލިޕް ބަލިކޮށް އުޅުއްވާތާ ކުޑަ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ކޮރޯނާ ވައިރަހާއި ގުޅުމެއް ނުވާ ކަމަށް ވެސް ބީބީސީގައި ރިޕޯޓްކޮށްފައި ވެއެވެ.

މީގެ އިތުރުން ޕްރިންސް ފިލިޕްގެ ހާލަތު ޑޮކްޓަރުން ގާތުން ބެލުމަށް އެމަނިކުފާނު ހަސްފަތާލުގައި މިހާރު ދެ ރޭ ހޭދަކުރައްވާފައިވާ ކަމަށާއި އަދި ދުވަސްކޮޅެއް ހޮސްޕިޓަލުގައި ހޭދަކުރައްވާނެ ކަމަށް ވެސް ބީބީސީގައި ވެއެވެ. އަދި ޕްރިންސް ޕިލިޕްގެ އަނބިކަނބަލުން ރާނީ އެލިޒަބެތު ދެވަނަ ހުންނެވީ ވިންޑްސޮ ގަނޑުވަރުގައި ބަލިތަކުން ރައްކާތެރިވުމަށް ކަމަށް ވެސް ވެއެވެ.

މިދިޔަ މަހުގެ ތެރޭގައި ބަކިންހަމް ޕެލަސް ގަނޑުވަރުން ވަނީ ޕްރިންސް ފިލިޕާއި ރާނީ އެލިޒަބެތަށް ކޮވިޑް ވެކްސިން ޖެއްސެވިކަން އިއުލާނުކުރައްވާފައެވެ. ކޮވިޑްގެ ސަބަބުން އިނގިރޭސިވިލާތް ލޮކްޑައުން ކޮށްފައިވާއިރު ދެ ބޭފުޅުން ލޮކްޑައުން ހާލަތުގައި ތިއްބަވަމުންދަނީ މަދު ސްޓާފުންކޮޅަކާއިއެކު ވިންޑްސޮ ކާސުލްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް