ads
އައު ސަފީރު، އޮމާންގެ ރަސްގެފާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުން
ރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު މުހައްމަދު ހަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އޮމާންގެ ރަސްގެފާނު ސުލްތާނު ހައިތަމް ބިން ތާރިކްއަށް އަރުވައިފި އެވެ.

ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. 

މިބައްދަލުވުމުގައި އެމްބެސެޑާ ހަލީލުވަނީ އޮމާންގެ ރަސްގެފާނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ދިވެހި ރައްޔިތުންގެ ފަރާތުން މަރުހަބާ ދަންނަވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެރަސްމިއްޔާތުގައި އޮމާންގެ ރަސްގެފާނު ވަނީ އެމްބެސެޑާ ހަލީލަށް މަރުހަބާ ވިދާޅުވެ، ރައީސް ސޯލިހްއަށް ވެދުން އަރިސްކުރައްވާފައެވެ.

ސަފީރުކަމުގެ ފަތްކޮޅުގެ ރަސްގެފާނަށް އެރުވުމުގެ ކުރިން، އެމްބެސެޑާ ހަލީލު ވަނީ އެފަތްކޮޅުގެ ކޮޕީއެއް، އޮމާންގެ ހާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީއަށް މިދިޔަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހު ފޮނުއްވާފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އޮމާންގެ ފަރާތުން އެގައުމުގެ މާލީ ވަޒީރު އަދި ހާރިޖީ ވަޒީރު އިތުރުން، ހެޑް އޮފް ރޯޔަލް ޕްރޮޓޮކޯލް، ކޮމާންޑާ އޮފް ރޯޔަލް ގާޑް އަދި ރަސްގެފާނުގެ މިލިޓަރީ އެއިޑް ވަނީ ބައިވެރިވެވަޑާއިގަންނަވާފައެވެ. ދިވެހިރައްޖޭގެ ފަރާތުން ސަފީރުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވީ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހުސައިން ސިނާހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް