ads
ހިޔާ މަޝްރޫއު- ފައިލް ފޮޓޯ/ ހައުސިންގް
ނެތް ފްލެޓްތަކެއް އުވާލުމުން ރައްޔިތުން ރަތަށް!
ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓްތަކުގެ ކެޓަގަރީތައް އުވާލަން ނިންމައި، އިއްޔެ ހައުސިން މިނިސްޓްރީން އެކަން އާންމުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. ވަކިން ހާއްސަކޮށް، މި ފާޑުކިޔުމުގެ ޝިކާރައަކަށްވި އެއް ބޭފުޅަކީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

އެކަށީގެންވާ މިންވަރަށް ފްލެޓް ނެތް ކަމަށް ބުނެ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ ކެޓަގަރީ އާއި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ އެެއް ކޮޓަރީގެ ފްލެޓްތަކާއި އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ އެއް ކޮޓަރި ކެޓަގަރީ އުވާލުމާއެކު އެ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ބޭކާރުވީ އެވެ. ގިނަ ބަޔަކު އެކަމަށް އެދި ފޯމު ހުށަހެޅި ނަމަވެސް މިނިސްޓްރީން ބުނީ 2018 ވަނަ އަހަރު "ހިޔާ" މަޝްރޫއަށް އިއުލާންކުރިއިރު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހު ކަމަށެވެ.  

އެގޮތުން އެ މިނިސްޓްރީން ވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް 2 ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާއި އަދި މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމަށް މިނިސްޓްރީން ބުނެ އެވެ. 

ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓްތަކުގެ ކެޓަގަރީތައް އުވާލަން ނިންމި ނިންމުމާއެކު ރައްޔިތުން ރުޅިގަދަވީ ބޯހިޔާވަހިކަމަށް އެތައް ބަޔަކު އާދޭސް ކުރަމުންދަނިކޮށް އެފަދަ ނިންމުމެއް ނިންމުމުންނެވެ. މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ރައްޔިތުންގެ ރުޅިގަނޑު ބޭރުކުރަމުންދަނީ މީގެ ކުރިން އެއް ކޮޓަރީގެ ފްލެޓްތަކާއި ގުޅިގެން މިނިސްޓަރު ދެއްކެވި ވާހަކަތަކާ ވެސް ގުޅިގެންނެވެ. 

މިދިޔަ އަހަރު އެއް ކޮޓަރީގެ ތަންތަނާއި ބެހޭ ގޮތުން ސުވާލުކުރުމުން އަސްލަމް ވިދާޅުވީ އެތަންތަން ވުޖޫދުގައި ނެތް ކަމަށެވެ. އެއް ކޮޓަރި ތަންތަން ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ނެތްކަން "ވަރަށް ސާފުކޮށް ދަންނަވަން ކެރޭ" ކަމަށް ވިދާޅުވިއިރު މިފަހުން މަޖިލީހުގައި ވިދާޅުވީ ކުންފުނިތަކަށް އެ މަސައްކަތް ހަވާލުކުރިއިރު އެ މަސައްކަތް ކުރީ އެމްޑަބްލިއުއެސްސީން އެކަނި ކަމަށާއި އެތަނުން ވެސް ނިމިފައި ވަނީ 36 ފްލެޓް ކަމަށެވެ. ކުއްލިއަކަށް ވުޖޫދުގައި ނެތް އެއް ކޮޓަރީގެ ފްލެޓްތަކެއްގެ ތެރެއިން ކުންފުންޏަކުން ފްލެޓްތަކެއް ހެދުމުގެ މަސައްކަތްކުރި ކަމަށް ވިދާޅުވެ އަނެއްކާ ވެސް ވާހަކަ ދެއްކެވެމުން ރައްޔިތުން އަންނަނީ އެތައް ސުވާލެއް އުފައްދަމުންނެވެ. 

ސަރުކާރު ބަދަލުވެ ސަރުކާރު ކުންފުނިތަކުން އެ މަަސައްކަތް ނުކުރީ ކަމަށް ބުނެ މިއަދު ފަރުޖައްސާލެވެން ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ސަރުކާރު ކުންފުނިތަކަކުން ނުކުރި ކަމެއްގެ ޒިންމާވާނީ ސަރުކާރުން ކަމަށް ބުނެ އެވެ. އަދި އެ މަޝްރޫއަކީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވިނަމަ ކުރިއަށް ގެންދެވޭނެ މަޝްރޫއުއެއް ކަމަށާއި އަދި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެގެން މަސައްކަތް  ކުރިއަށް ނުގެންދެވި، ފްލެޓުތައް ނޭޅި ދެ އަހަރު ގޮސް، ނޭޅެނޭކަން ޔަގީންވުމުން އެ ފްލެޓުތަކަށް އެދި ހުށަހެޅި މީހުންގެ ފޯމު ބާތިލްކޮށް، އެ ކެޓެގަރީތައް ނައްތާލުމަކީ ވަރަށް ލަދުވެތި ހުތުރު އަމަލެއްގެ ގޮތުގައި މީހުން ސިފަކުރެ އެވެ. 

ސަރުކާރުގެ ނާގާބިލުކަމުން އެ މަޝްރޫއު ކުރިއަށް ނުގެންދެވުނު ކަމަށް މީހުން ބުނާއިރު އަނެއް ބަޔަކު ތުހުމަތުކުރަނީ މިއީ ބިންވެރިންނާއި ކުލިވެރިންގެ އެދުމުގެ މަތިން އެވެރިންގެ ރެންޓު ވިޔަފާރި ސަލާމަތްކުރަން،   1،600 ސޯޝަލް ހައުސިން ފްލެޓު މާކެޓެއް ނެރުންް ހުއްޓުވުމަށް ސަރުކާރާއި ގުޅިގެން ހިންގުނު "ޖަރީމާ" އެއްގެ ގޮތުގަ އެވެ. 

އަލަތު ކައިވެނީގެ ކެޓަގަރީއާ ކުޅެ ޒުވާނުންގެ ބޮލަށް ސަރުކާރުން ފައިން އެރި އެރުން ހަނދާނުން ފިލައިގެން ނުދާނެ ކަމުގެ އިންޒާރާއެކު ޒުވާނުން ތިބީ ރުޅިއައިސް ރަތްވެފަ އެވެ.

29%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް