ads
ޖޭއެސްސީ ---
ބަށި މެޗެއް ހުއްޓުވަން އަމުރު ނެރުނު ފަނޑިޔާރަކާއިމެދު ސްލޫކީ ފިޔަވަޅު އަޅައިފި
ގއ. އަތޮޅު ލީގް ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް އިޢުލާން ކޮށްފައިވަނިކޮށް މި މުބާރާތް ކުރިއަށްދަނީ މުބާރާތުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނެ ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ވަގުތީ އަމުރެއްނެރެ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ހުއްޓުވާފައިވާ މައްސަލާގައި، ގއ.ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްމުހުސިން އަބްދުލްހަކީމާ މެދުސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ

ޖޭއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެގަޒިއްޔާއަކީ އަވަހަށް ބަލައި ނިންމަންޖެހޭ މައްސަލައަކަށްވީހިނދު، އެ ޤަޒިއްޔާ ހިންގައި ނިންމުން އެކަށީގެންނުވާ މިންވަރަށް ލަސްކޮށް އެ ޤަޒިއްޔާ ހިންގުމުގައި ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްމުހުސިން އަމަލުކޮށްފައިވަނީ އެކަށީގެންނުވާ ގޮތަށް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި، ގއ. އަތޮޅު ލީގު-ޒަމާނީ ބަށިބޯޅަ މުބާރާތުގެ 11 މެޗްގެ ތެރެއިން 10 މެޗްކުޅެވި ފައިނަލް މެޗާ ހަމައިން ވަގުތީ އަމުރެއްނެރެ ހުއްޓުވައި ދެމަހާ 26 ދުވަސް ބޭއްވުމަކީ އެތަކެއް ބައެއްގެ ވަގުތާއި ހަރަދުތަކެއް އެކަމުގެ ސަބަބުން ބޭކާރުވެގެންދާނެ ކަމެއްކަމަށެވެ.

އަދި އެއީ ފަނޑިޔާރުގެއާމެދު އާންމުންގެ އިތުބާރު ގެއްލިދާނެފަދަ އަމަލެއްކަމަށް ވީހިނދު، އިސްމެޖިސްޓްރޭޓް އަބްދުލްމުހުސިންގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.2 އާއި، އާއި، 3.1 އާއި، 3.2 އަދި 6.4 ވަނަ ނަންބަރާ ހިލާފަށް ކޮށްފައިވާ އަމަލެއްކަމަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނުގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަބްދުލްމުހުސިން އަށް ނަޞޭޙަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މި އަހަރުގެ އެ ކޮމިޝަނުގެ 11 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް