ads
ހައިލަމް-- ފޮޓޯ: އަވަސް
ރައްޔިތުންގެ ވޯޓާ ނުލާ އިންތިހާބު ކުރުމީ ގާނޫނާ ހިލާފުކަމެއް: ހައިލަމް
ރައްޔިތުންގެ ވޯޓާ ނުލާ އިންތިހާބު ކުރުމީ ގާނޫނާ ހިލާފުކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
Advertisement

ހައިލަމް މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އިންތިހާބާއި ބެހޭ ގާނޫނުގައި ކޮންމެ ގޮތަކަށް ބަޔާން ކޮށްފައި ވީނަމަވެސް، ރައްޔިތުންގެ ވޯޓާ ނުލާ އިންތިހާބު ކުރުމީ ގާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ ގޮތަކަށް އިންތިހާސް ކުރެވޭބަޔަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުން ފުރިހަމަ ސިފައެއްގައި ތަމްސީލު ކުރެވޭ ބަޔަކަށް ނުވާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ރޭގައި ހައިލަމް ކުރެއްވި ޓުވީޓެއްގައިވެސް ވަނީ މި ނުކުތާ ފާހަގަ ކުރައްވާފައެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީގެ ޓުވީޓަކަށް ރައްދު ދެއްވަމުން ހައިލަމް ވިދާޅުވީ، ރައްޔިތުންގެ ސިއްރު ވޯޓުން އިންތިހާބުކުރުން ގާނޫނު އަސާސީން ލާޒިމުކުރާ މަގާމަކަށް ކުރިމަތިލާ ފަރާތްތައް ނަން އަނބުރާ ގެންދިއުމަކީ، ނަން އަނބުރާ ނުގެންދާ ފަރާތާމެދު ދާއިރާގެ ރައްޔިތުން ބަސް ވޯޓުން ހޯދުމަކާނުލައި، އެމީހަކު އިންތިހާބު ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. 

މިފަދައިން ވިދާޅުވެ ހައިލަމް ކުރެއްވި ޓުވީޓުގައި ވަނީ ގާނޫނު އަސާސީގައިވާ ކައުންސިލްތައް އިންތިހާބު ކުރުމުގެ މާއްދާގެ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލލް ނިސްބަތްވާ ސަރަހައްދުގެ "ރައްޔިތުން ޑިމޮކްރަސީ އުސޫލުތަކުގެ މަތިން، ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުން" ކަމަށް ބުނެފައިވާތަން ވަކިން ފާހަގަ ކުރައްވާފައިވެއެވެ. 

ރައްޔިތުންގެ ވޯޓާ ނުލާ އިންތިހާބުވުުމުގެ ބަހުސް ފެށުނީ، އިތުރު ފަރާތްތަކުން ގޮނޑިތަކަށް ކުރިމަތި ނުލުމުން ނުވަތަ ނަން ނެގުމުން އެމްޑީޕީއަށް ބައެއް ގޮނޑި ކަށަވަރުވި ކަން އެޕާޓީން އަދި އިލެކްޝަނުން ބުނުމުން، އެކަމަށް އަލްހާން ރައްދު ދެއްވުމާއި ގުޅިގެނެވެ.

އަލްހާން ވަނީ، އިންތިހާބު ނުނިމެނީސް އެކަކުވެސް ނުހޮވޭނެ ކަމަށް ބުނެފައެވެ. އަދި ވޯޓު ލީ މީހުންގެ މެޖޯރިޓީ ނުލިބި އިންތިހާބު ވުމަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެ ކަމަށް އަލްހާން ވިދާޅުވެފައިވެ އެވެ. ހައިލަމް ވަނީ އަލްހާންގެ މި ފާޑުކިޔުމާއި އެއްކޮޅަށް ވާހަކަ ދައްކަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް