
މިއަހަރު މެއި މަހު 28ގައި ރިލީޒް ކުރުމަށް ނިންމާފައިވާ މި ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާފައިވަނީ މި ހަފްތާގައެވެ. މިއާއެކު ގިނަ ބައެއްގެ ތައުރީފް ވަނީ އެމާ އަށް އަމާޒުވެފައެވެ.
މި ޓްރެއިލާއާއެކު ގިނަ ބަޔަކު އަންނަނީ އެމާގެ އެކްޓިން އާއި މި ކެރެކްޓާއިން ފެނިގެންދަނީ ބެޓްމޭންގެ ވިލަން ޖޯކާގެ "ވައިބެއް" ކަމަށެވެ.
ކްރައިމް ކޮމެޑީ ޖޯންރާގެ މި ފިލްމުގައި ފެނިގެންދަނީ 1970ގައި ލަންޑަންގައި ހިނގާ ހާދިސާތަކެކެވެ. ލަންޑަންގެ މި ފެޝަން ޑިޒައިނަރު "ކްރުއެއްލާ" އަށް ބަދަލުވެގެންދާ ގޮތް މި ޓްރެއިލާއިން ކޮންމެވެސް ސިފައެއްގައި ފެނިގެންދެއެވެ. ޓްރެއިލާ ފެށޭއިރު، އެމާ ފެނިގެން ދަނީ ރަތް އިސްތަށިގަނޑަކާއެކު އެވެ. އަދި ޓްރެއިލާގެ 30 ވަނަ ސިކުންތާއި ހިސާބުގައި އޭނާދާ ޕާޓީއެއްގައި "ކްރުއެލާ"ގެ ހަގީގީ ލުކް ދައްކާލައެވެ.
މި ފިލްމުގައި އެމާ ސްޓޯންގެ އިތުރުން އެމާ ތޮމްޕްސަން، ޖޯލް ފްރައި، ޕައުލް ވޯލްޓާ ހައުސާ، އެމިލީ ބީޗަމް، މާކް ސްޓްރޯންގް، ކްއޭރްބީ ހަވެލް-ބެޕްޓިސްޓް އަދި ޖޭމީ ޑެމެޓްރިއު މުހިއްމު ރޯލުތަކުން ފެނިގެން ދެއެވެ.
މި ފިލްމަކީވެސް މިދިޔަ އަހަރަށް ތާވަލުކޮށްފައިވާ ފިލްމެކެވެ. ނަމަވެސް މިއަހަރަށް މި ފިލްމު ލަސްކުރީ ކޮވިޑް 19ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.