ads
ފަވާޒް ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް
52 ފަހަރު، އަނެއްކާވެސް ދައުވާއެއް، މިފަހަރު ވަޅިން ބިރުދައްކާ ފޭރުން
ފިހާރައެއްގެ ތެރެއަށް ވަދެ ސޭޓަށް ވަޅިން ބިރު ދައްކާ ފޭރުނު މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
Advertisement

މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު (36އ) ގެ މައްޗަށެވެ.

މި ފަވާޒް ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ މީނާގެ މައްޗަށް ދައުވާކުރަނީ މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި އެފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައިކަމަށެވެ. 

މި ކަން ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ 15:13 އެހާކަންހާއިރުކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން ފަވާޒް ކަޅުތުއްތު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މެއި 13 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް