ads
ޖޭސްމިން
އަގުކޮޅު ނައްޓާނުލައި ހެދުމެއް ލައިގެން ޖޭސްމީނަށް ބޭރަށް ނިކުމެވިއްޖެ
ބިގްބޮސް 14 ގެ ތަރި، ޖޭސްމީން ބާސީން މިވަނީ މިދިޔަ ހުކުރު ދުވަހު ބޭރަށް ނިކުމެފަ އެވެ. އަވަސް އަރުވާލައިގެން ބޭރަށް ނިކުމެ ޕަޕަރާޒީންގެ ކުރިމަތިން އަވަހަށް ދާން އުޅެނިކޮށް ލޮލުގައި އަޅައިގަންނަނީ ޖޭސްމީން ލައިގެން ހުރި ހެދުމުގެ އަގުކޮޅެވެ.

ދަނބު ކުލައިގެ ހެދުމެއް ލައިގެން ޖޭސްމީން ހުރިއިރު ހެދުމުގެ އަގު ޖަހާފައިވާ ޓެގް ވަނީ ފަހަތުގަ އެލިފަ އެވެ. ވީޑިއޯތައް ވެސް އާންމުވެފައިވާއިރު ބެލެވޭ ގޮތުގައި ޕަޕަރާޒީންގެ ކުރިމަތީގައި ފޮޓޯއަށް ވެސް އޭނާ ހުއްޓުނެވެ. އަދި އެމީހުންނާއި ވާހަކަ ދައްކާތަން ވެސް ފެނެ އެވެ. 

އެހެންނަމަވެސް އަގު ޓެގް ވަރަށް ބޮޑުކަމުން، އެންމެންގެ ލޮލުގައި ވެސް އެ އަޅައިގަނެ އެވެ. 

ކޮންމެއަކަސް، މިއީ އަގު ޓެގްކޮޅާއެކު ތަރިއަކު ބޭރަށް ނިކުތް ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެތައް ތަރިންނެއް އެގޮތަށް ޓެގާއެކު ބޭރުގައި އުޅުން މަންޒަރު ފެނިފައިވެ އެވެ. 

މިފަހަރު ގިނަ ބަޔަކު ޖޭސްމީނަށް ފާޑުކިޔަމުން އަންނައިރު އެއީ މީހުންގެ ސަމާލުކަން ހޯދަން އޭނާ ކުރިކަމެއް ކަމަށް ވެސް ތުހުމަތުކުރެ އެވެ. 

ގިނަ އަދަދެއްގެ ޓީވީ ޝޯތަކުން ފެނިފައިވާ 30 އަހަރުގެ ޖޭސްމިން ވަނީ ނާގިން އާއި ވާނަމް އަދި ދިލް ސޭ ތަކާއި ދިލް ތޯ ހެޕީ ހޭ ޖީ ފަދަ ޝޯތަކުން ފެނިފަ އެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް