ކަރީނާ މިހާރު ވިހާފައިވާ ކަމަށް ވެސް އަޑުތައް ދަނީ ފެތުރެމުން ނެވެ. ނަމަވެސް މިއަދު ކަރީނާ ވަނީ އޭނާގެ ފުރަތަމަ ދަރިފުޅު ތައިމުރު ގޮވައިގެން ބޭރަށް ނިކުމެފަ އެވެ. އެހެންކަމުން ކަރީނާ ނުވިހާކަން އެންމެނަށް ވެސް ޔަގީން ވެގެން ދިޔަ އެވެ.
ނަމަވެސް ތައިމުރު ތުއްތު ކުއްޖަކު އުރައިގެން އިން ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރު ވާން ފަށާފަ އެވެ. އެހެން ކަމުން ގިނަ ބަޔަކު ކުރަމުންދާ ސުވާލަކީ ތައިމުރު އުރައިގެން އެ އިނީ ކަރީނާގެ ދެވަނަ ދަރިފުޅު ތޯ އެވެ.
ތައިމުރު އުރައިގެން ހުރި ތުއްތު ކުއްޖާ
ބެލުންތެރިންގެ ސުވާލުތަކަށް ޖަވާބު ލިބިގެން ދިޔައީ ކަރީނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކާ އެކުގައެވެ. އޭގައި ތައިމުރު އުރައިގެން ހުރީ ކަރީނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ ނައިނާ ޝާއުނޭގެ ދަރިފުޅުކަން ހާމަވެގެން ދިޔައެވެ.