ads
މ.ކޮޅުފުށި
ކަރަންޓީނުގައި ތިބި ދެ މީހުން ކޮޅުފުށިން ޕޮޒިޓިވްވެއްޖެ
މ. ކޮޅުފުށީގައި ކަރަންޓީނުގައި ތިބި ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮޅުފުށީ ކައުންސިލްގެ ރައިސް ހުސެއިން ޝާމިލް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ކޮވިޑް ޖެހުނު މީހުންނާ ޑައިރެކްޓު ކޮންޓެކްވެފައި ތިބި ދެ މީހުން ކަމަށެެވެ.

އަދި ޕޮޒިޓިވްވެފައިވާނީ ކުޑަ ކުޖައްކާއި ބޮޑު މީހެއްކަން ހާމަކުރައްވާ ޝާމިލް ވިދާޅުވީ އެ ދެ މީހުން ވެސް ޕޮޒިޓިވް ވެފައިވަނީ ރިލީޒް ސާމްޕަލުން ކަމަށެވެ. އެގޮތުން ކުޑަ ކުއްޖާ ޕޮޒިޓިވްވީ މިމަހު 16 ގައި ނެގި ސާމްޕަލަކުން ކަމަށާއި އަދި ބޮޑު މީހާ ޕޮޒިޓިވްވީ އިއްޔެ ނެގި ސާމްޕަލެއެއްގައި ކަމަށް ވެސް ޝާމިލް ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ކޮޅުފުށިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މި ވަނީ 35 އަށް އަރާފައެވެ.

އާބާދީގައި 1438 މީހުން ދިރިއުޅޭ ކޮޅުފުށި މޮނިޓަރިންގެ ހާލަތައް ގެނެވުނީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ރަށުގައި ޗުއްޓީ ހޭދަކޮށްފައި އަނބުރާ މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެރަށް ވަނީ މިމަހު 11 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތުން ނެގީ ރަށުން ނެގުނު 140 ވަރަކަށް ރޭމްޑަމް ސާމްޕަލް ނެގެޓިވްވުމާ ގުޅިގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް