ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފްލެޓް ވިއްކި ކަމުގެ ތުހުމަތު އެމްޕީއެލްއިން ދޮގުކޮށްފި
ހިޔާ ފުލެޓުގެ ތެރެއިން އެމްޕީއެލްގެ 204 އެއްކޮޓަރީގެ ފުލެޓު، ވިޔަފާރި އުސޫލުން ވިއްކާލަފައިވާ ކަމަށް، ރާއްޖޭގެ އޮންލައިން ނޫހެއްގައި ކޮށްފައިވާ ރިޕޯޓް އެމްޕީއެލްއިން ދޮގުކޮށްފި އެވެ.

އެމްޕީއެލްއިން ނެލިފައިވާ ނޫސްބަޔާނެތްގައި ބުނެވައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނިން އިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ، ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއްކަމަށެވެ. އަދި މީޑިއާ އަށް މައުލޫމާތު ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް، ކަން ހިނގާފައިވާގޮތާ ހިލާފު އެފަދަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށް ވެސް އެމްޕީއެލްއިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްޕީއެލްއިން ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ކަމުގެ ހަގީގަތް ނުހޯދާ އެފަދަ ހަބަރެއް ލިޔެފައިވާތީ އެކަން އެ ކުންފުނިން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ ހަބަރުތައް ޒިންމާދާރުކަމާއެކު އާއްމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްވެސް ކުރައްވާ ފައެވެ.

އަދި އެފަދަ ހަގީގަތާ ހިލާފު މައުލޫމާތު ތަކެއް އެ ކުންފުންޏާ ގުޅުވައިގެން ފެތުރި މައްސަލައިގައި އެ ހަބަރު ޝާއިރު ކޮށްފައިވާ ނޫހުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ކުންފުނީގެ ފަރާތުން މީޑިއާ ކައުންސިލް އަށް މައްސަލަ ހުށައަޅާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެމްޕީއެލްއިން ބުނެފައިވަނީ އެ ކުންފުނިން އިމާރާތް ކުރަމުންދާ ފުލެޓް ތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް އިމާރާތް ކުރަމުންދާ ފުލެޓްތަކެއް ކަމަށާއި، އެ ފުލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް