
ކިމް ކާޑިއޭޝަން އޭނާގެ ހަ އަހަރުވީ ފިރިމީހާ ކާންޔޭއާ ކައިވެނީގެ ގުޅުން ނިންމާލަން އެދިފައިވާއިރު މި ހަބަރު ވެގެން ދިޔައީ ގިނަ ބަޔަކު ހައިރާން ކުރުވަނިވި ހަބަރަކަ ށެވެ.
އީ ނިއުސްގައި ރިޕޯޓްކޮށްފައި ވާގޮތުން ކިމް އަދި ކާންޔޭގެ ކައިވެނީގައި މައްސަލަތައް ބޮޑުވެ އެމީހުން މިހާރު ދިރިއުޅެމުން ދަނީ ވަކިން ކަމަށާއި އެމީހުންނަށް ލިބިފައިވާ ދަރިނަށްޓަކާ ބައެއް ފަހަރު ބައްދަލު ކުރާކަމަށެވެ.
އަދި އެމީހުންގެ ކައިވެނީގެ ހާލަތު މިހާރު ހުރިގޮތުން ކިމްއަށް ދެން ކާންޔޭއާ އެކީގައި އުޅެވެން ނެތް ކަމަށް އެނގުމުން ވަނީ ވަރިވުމަށް ކޯޓަށް ހުށަހަޅާފައި ކަމަށް ވެސް އީ ނިއުސްގައި ވެއެވެ. އަދި ދަރިންގެ ޖޮއިންޓް ކަސްޑަޓީއަށް ކިމް އެދިފައިވާ ކަމަށް ވެސް އެ ނޫހުގައި ވެއެވެ.
ކިމް ކާންޔޭ ކައިރިން ވަރިއަށް އެދިފައިވާ ކަމަށް އޭނާގެ ޕަބްލިސިސްޓު ވަނީ މީޑިއާއަށް ހާމަކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.
ކިމް އަދި ކަންޔޭ 2012 ގައި ރައްޓެހިވެފައިވާ އެ ދެތަރިން ވަނީ 2014 ގައި އިޓަލީގައި ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި ކައިވެނި ކޮށްފައެވެ. އަދި އެ ކައިވެންޏަށް މިހާރު ހަ އަހަރުވެފައިވާއިރު އެމީހުންނަށް ވަނީ ހަތަރު ކުދިންވެސް ލިބިފަ އެވެ.