ads
އަޝްފާގަށް ވެކްސިން ދެނީ.
އެއްވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިންނަށް ވެކްސިން ދީފި
ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ހުރިހާ ކުލަބެއްގެ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންނަށް ވެކްސިން ދީފިއެވެ. ކުޅުންތެރިންނާ އޮފިޝަލުންނަށް ވެކްސިން ދިންކަން ހާމަ ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމާއި ގުޅިގެން އެޗްޕީއޭއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭން ލީގުގެ ކުޅުންވަނީ މި މަހުގެ ކުރީކޮޅު މެދު ކަނޑާލާފައެވެ. ކުޅުން މެދު ކަނޑާލިއިރުއްސުރެ ފެށިގެން ކްލަބުތަކާ އެފްއޭއެމުން އަންނަނީ ކުޅުން އަލުން ފެށުމުގެ ހުއްދައަށް އެދި ކަމާ ބެހޭ އިދާރާތަކުގައި އެދެމުންނެވެ. އެހެންނަމަވެސް އަދި ކުޅުން ފެށޭނެ ދުވަހެއް ޔަގީނެއް ނުވެއެވެ. ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަރަށް އަވަހަށް ހުއްދަ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލީ ލީގުގެ ދެވަނަ ބުރުގެ ތެރެއިންނެވެ. ލީގުގެ ކުޅުން މެދު ކަނޑާލިއިރު ބައެއް ކްލަބުތަކުގެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވީ ބައެއް ކުޅުންތެރިންނަށް ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދީފައިވާއިރު، ހުރިހާ ކުޅުންތެރިންގެވެސް ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް