ads
މުއާ އާއި އައްޒަގެ ކައިވެނި ހަފްލާގެ ތެރެއިން
އައްޒައަކީ އަހަންނަށް ލެއްވި އަގުބޮޑު ނިއުމަތެއް: މުއާ
ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އާއި ފިލްމީ ތަރި މުއާޒް އަބްދުﷲ ގެ ކައިވެންޏަށް އިއްޔެ ވަނީ އަހަރެއްވެފަ އެވެ.

ދެއަހަރުވަންދެން ރައްޓެހިވެގެން އުޅުމަށްފަހު މިދެތަރިން ކައިވެނިކުރި، މިދެތަރިން ފާހަގަކުރެވެނީ ފިލްމީ ދާއިރާގެ އެންމެ ލޯބި ކަޕްލްގެ ގޮތުގައެވެ.

އަދި އެކަން ސާބިތުކޮށްދިނުމަށް އެކަކު އަނެކަކަށް އެކި ދުވަސް ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދޭ ސަޕްރައިޒްތަކާއި ކުރާކަންތައްތައް މީސްމީޑިއާގައި މި ދެމަފިރިން ހިއްސާކުރެެއެވެ.

އިއްޔެ ކައިވެންޏަށް އެއް އަހަރު ވެގެންދިޔައިރު، އަނެއްކާ މިވަނީ ސޯޝަލް މީޑިއާގައި އެކަކު އަނެކަކުދެކެ ވާ ލޯބި ބަންޑުންކޮށްލާފަ އެވެ.

ކައިވެންޏަށް އެއް އަހަރު ފުރުމާއި ގުޅިގެން މުއާ ކުރި ޓްވީޓެއްގައި ވަނީ އަނބިމީހާ އައްޒައަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

މުއާ ބުނީ އައްޒައަކީ މިދުނިޔެމަތިން އޭނާއަށް ލެއްވި ބޮޑު ނިއުމަތެއް ކަމަށެވެ.

“ތިއީ އަހަންނަށް މިދުނިޔެމަތިން ލެއްވި އަގުބޮޑު ނިއުމަތެއް. އުފާ ފާގަތިކަމެއް، ހަމަ އެހާމެ ބޮޑު ނަސީބެއް. ވަރަށް ލޯބިވޭ” މުއާ ބުނެ އެވެ. 

ހަމައެގޮތަށް އައްޒަވެސް ވަނީ ފިރިމީހާ މުއާއަށް ތައުރީފްކޮށް ސޯޝަލް މީޑިއާއަށް ޕޯސްޓެއް ކޮށްފަ އެވެ. އައްޒަ ބުނީ، އެއް އަހަރުވެގެންދިޔައިރު މިއަދުވެސް ހަމަ ހީވަނީ ކައިވެނީގެ ފުރަތަމަ ދުވަސް ހެން ކަމަށެވެ.

“އިރާދަކުރެއްވިއްޔާ މިއީ މުޅި އުމުރަށް ސެލްބްރޭޓް ކުރަން އޮތް ލޯބީގެ ގުޅުމެއް. އަލްހަމްދު އަހަންނަކީ ތިއީ ހަމައެކަނި އަހަރެންގެ މީހެކޭ ބުނެވޭވަރުގެ ބޮޑު ނަސީބުވެރިއެއް. ވަރަށް ލޯބިވޭ ފިރިމީހާ،” އައްޒަ ބުނެފައިވެ އެވެ.

އައްޒަ އާއި މުއާ މީގެ ކުރިން ވަނީ އިތުރު ކައިވެންޏެއް ކޮށްފައެވެ. އަދި އެ ކައިވެންޏަށް ދެ ތަރިންނަށް ވެސް ކުއްޖަކު ލިބިފައިވެ އެވެ. އެގޮތުން އައްޒަ އާއި އެކްޓަރު އަދި ކޮރިއޯގްރެފާ، އިސްމާއިލް ޖުމައިހް (ޖުމާ) ގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު މުއާ ކުރިން ކައިވެނި ކުރީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނެޖިން ޑިރެކްޓަރު ޝާޔަން ޝާހިދާ އެވެ. އެ ކައިވެންޏަށް ވަނީ އަންހެން ދަރިއަކު ލިބިފަ އެވެ. ދެ މީހުންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިން ވެސް ވަރަށް އެކުގައި އުޅޭ މަންޒަރު މި ތަރިންގެ އިންސްޓަގްރާމު ސްޓޯރީ އިން ފެނެ އެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް