ads
ރައީސް މައުމޫން އަދި އަނބި ކަނބަލުން ނަސްރީނާ
މާދަރީ ބަހަކީ ދިވެހި ގައުމިއްޔަތުގެ ބިންގާ: ރައީސް މައުމޫން
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ދަންނަވައިފި އެވެ.

މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވަމުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަޅުގަނޑުމެންގެ މާދަރީބަހަކީ ދިވެހި ގައުމިއްޔަތުގެ ބިންގާކަމަށާއި، ދިވެހިބަސް ކުރިއަރުވައި ތަރައްގީކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށެވެ.  

އަދި މިހެން ވިދާޅުވަމުން ރައީސް މައުމޫން ވަނީ މާދަރީބަހުގެދުވަހުގެ ތަހުނިޔާ ދިވެހިރައްޔިތުންނަށް ދަންނަވާފައެވެ. 

ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން އަދި، މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. 

އެގޮތުން މިނިސްޓާ ވިދާޅުވީ، ޅަފަތުގައި ކުދީންނަށް ރަނގަޅަށް މާދަރީ ބަސް ދަސްވުމުން އެކުދީންގެ އަމިއްލަ ވެއްޓާއި ސަގާފަތާއި އާދަކާދަތައް ދަސްވާ ކަމަށާއި، ޅަފަތުގައި ކުދީންނަށް އެކުދީންގެ އަމިއްލަ މާދަރީބަސް ރަނގަޅަށް ދަސްވުމުން އެހެން ބަސްބަސް ދަސްކުރަން ފަސޭހަވާކަން ދިރާސާތަކުން ދައްކާ ކަމަށެވެ. 

އަދި ބަވަނަވަމުންދާ ދުނިޔޭގައި ގިނަ ބަސްބަސް އުނގެނުމުގެ މުހިންމުކަން އިތުރުވަމުން ދިޔަނަމަވެސް އަމިއްލަ މާދަރީ ބަހަށް ދޭ ސަމާލުކަން ކުޑަ ނުކުރުމަށް މިނިސްޓަރު ވަނީ އެދިލައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް