ads
މ.ކޮޅުފުށި
ކޮޅުފުށި އަނެއްކާވެސް މޮނީޓަރިންއަށް
މ. ކޮޅުފުށިން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް އަލުން މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮޅުފުށި ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލުން އެރަށް މޮނީޓަރިންއަށް ލާފައިވަނީ އިއްޔެ މެންދުރު ކަމަށެވެ. 

މީގެ އިތުރުން އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ފުށުން މިހާތަނަށް އެއްވެސް ކަހަލަ އަލާމާތެއް ފެނިފައި ނުވާ ކަމަށް ޝާމިލް ވިދާޅުވިއެވެ. 

ޝާމިލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިންމާ، ކޮންޓެކްޓުވި އެންމެންގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެ ސާމްޕަލްތައް މާލެ ފޮނުވުމަށް މަސައްކަތް ކުރާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

އާބާދީގައި 1438 މީހުން ދިރިއުޅޭ ކޮޅުފުށި ފުރަތަމަ މޮނިޓަރިންގެ ހާލަތައް ގެނެވުނީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ރަށުގައި ޗުއްޓީ ހޭދަކޮށްފައި އަނބުރާ މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެރަށް މިމަހު 11 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތުން ނެގީ ރަށުން ނެގުނު 140 ވަރަކަށް ރޭމްޑަމް ސާމްޕަލް ނެގެޓިވްވުމާ ގުޅިގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް