މީގެ ކުރިން ތައިމޫރަށް މި ފާޑުކިޔުންތަކާއި ކުރިމަތިވީ އަނުޝްކާ އާއި ވިރާޓް ކޯލީއަށް އަލަތު ދަރި ލިބުމާއެކު އެވެ.
އޭނާއަށް މިހާރު ޕަޕަރާޒީންގެ ފަރާތުން ލިބޭ ސަމާލުކަން ނުލިބޭނެ ކަމަށް ބުނެ ތަފާތު މީމްސްތައް ހަދައި އެ ތުއްތު ތައިމޫރަށް އެތައް މަލާމާތެއް ކުރީ އެކުއްޖާގެ ފޮޓޯތައް ބޭނުންކޮށްގެންނެވެ.
މިފަހަރު އަނެއްކާ ވެސް ކަރީނާއަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު މީހުން އަންނަނީ މީމްސްތައް ހަދައި، ހަމަ އެ ބަހުސްގައި އެކުއްޖާ ބައިވެރިކުރަމުންނެވެ.
އުމުރުން އެންމެ ހަތަރު އަހަރުގެ ތައިމޫރު ނޮޅާއި ކަމުން އަންނައިރު ތައިމޫރަކީ އެކުއްޖާ އުފަންވީއްސުރެ ޕަޕަރާޒީންގެ ކެމެރާތައް އަބަދުވެސް އަމާޒުވާ ކުއްޖެކެވެ.
ކަރީނާ ވިހޭ ހަބަރު ހިއްސާކޮށް އިއްޔެ، ސައިފް ބުނީ ކަރީނާ އާއި ދަރިފުޅުގެ ހާލު ވެސް ހަމަ ރަނގަޅު ކަމަށެވެ.