ads
ކ. މާފުށި
މާފުށީގައި ގަވާއިދާ ހިލާފަށް ބޭނުންކުރާ ބިންތައް ހުސްކުރަން އަންގައިފި
ކ. މާފުށީގައި ގަވާއިދާ ހިލާފަށް ބޭނުންކުރާ ބިންތައް ހުސްކުރަން އަންގައިފި އެވެ.

މާފުށީ ކައުންސިލުން ބުނީ އެކައުންސިލްގެ ހުއްދަނެތި ގަވާއިދާ ހިލާފަށް މާފުށީގެ ބިންތަކުގައި އެކިއެކި ބޭނުންތަކަށް އިމާރާތްކޮށް، ތަކެތި ބަހައްޓާފައިވާކަން އެއިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެގޮތަށް ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި ތަކެއްޗާއި ކޮށްފައިވާ އިމާރާތް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނެގުމަށާއި، ހުއްދަނެތި އެއްވެސް ބޭނުމެއް ކުރަމުންދާނަމަ އެކަމެއް ހުއްޓާލުމުގެ އިތުރުން ބިންތަކުގައި އެއްވެސް ފަރާތަކުން މަސައްކަތެއް ކުރަމުންދާނަމަ އެކަމެއް ވަގުތުން ހުއްޓާލުމަށް މާފުށީ ކައުންސިލުން މިއަދު ވަނީ އަންގާފައެވެ.

ކައުންސިލުން ބުނީ އެ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުރި ތަކެތި އެ އިދާރާގެ ފަރާތުން ކަމާއި ގުޅޭ އިދާރާތަކަށް އަންގައި، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެތަކެތި އެބިންތަކުން ނަގައި، އެބިންތަކުގައި ހުރި އިމާރާތްތައް ތަޅާލައި ބިން ހުސްކުރާނެ ކަމަށެވެ. 

އެގޮތުން ބިމުގައި ހުރި ތަކެތި ހުސްކުރުމުގެ ތެރޭގައި އެތަނުން ނުގެންގޮސް ހުރި އެއްޗެއްސަށް ލިބޭ އެއްވެސް ގެއްލުމަކަށް އެކައުންސިލްގެ ފަރާތުން ޒިންމާ ނުވާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެ އެވެ. 

މާފުއްޓަކީ ފުޅާދާއިރާގައި ގެސްޓްހައުސްގެ ވިޔަފާރިކުރަމުން އަންނަ ރަށެކެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގެ ވިޔަފާރިވެރިން އެ ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރެއެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން ކައުންސިލްގެ ހުއްދަނެތި ގަވާއިދާ ހިލާފަށް މާފުށީގެ ބިންތަކުގައި އެކިއެކި ބޭނުންތަކަށް އިމާރާތްކޮށް، ތަކެތި ބަހައްޓާފައިވާކަމުގެ ޝަކުވާތައް ކައުންސިލަށް ހުށަހެޅޭ ކަމަށް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް