ads
ރައީސް ނަޝީދު--ފޮޓޯ: މަޖިލިސް
ސިހުރު ކިޔަވައިގެން ވެސް ކޯސްޓުގާޑުގެ ބުރަފަރީގެ ސައިޒް ހޯދި: ރައީސް ނަޝީދު
އުތުރުތިލަފަޅުގައި އެންމެ ފުރަތަމަ ކޯސްޓް ހާޑުގެ ބޯޓް ޔާޑެއް ހަދާވާހަކަ ދިވެހި ސަރުކާރުން ރައީސް ނަޝީދު ގާތުގައިބުނީ 1996 ވަނަ އަހަރުގައި ކަމަށާއި، އޭރު ކޯސްޓު ސާފްޓު ތެދުކުރަނީ ތަރިވިދާ ވޯކްޗްޕުން ކަމަށާއި، ބުރަފަތީގެ ސައިޒު ހޯދަނީ ސިހުރު ކިޔަވައިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް، އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށްވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ހުޝަހެޅުއްވި ކުއްލި މައްސަލައަށް އަލިއަޅުއްވާލައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ނަޝީދު ވިދާޅުވީ، މިހާރު ފެންނަން ހުރި ލިޔެކުޔުންތައް ފެށިފައިހުރީ 2013 އިން ކަމަށާއި، އެހެންނަމަ ވެސް އެމަނިކުފާނު ގާތުގައި ދިވެހި ސަރުކާރުން އެންމެ ފުރަތަމަ އުތުރުތިލަފަޅުގައި ކޯސްޓް ގާޑުގެ ބޯޓްޔާޑެއް ހަދާވާހަކަ ބުނީ 1996 ވަނަ އަހަރުގައި ކަމަށެވެ. 

އެގޮތުން އެމަނިކުފާނު އޭރު ޖަލުން ދޫކޮށްލުމުން، އޭރުގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރު އާއިއެކު ކޮންމެ ދުވަހަކު ހަވީރު ތިލަފުއްޓަށް ވަޑައިގަންނަވާކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އޭރު ކޯސްޓުގާޑުގެ ސާމާނު އެހިލާ ހަދަނީ ދޫނިދޫގައި ކަމަށް އުމަރު ޒާހިރު ވިދާޅުވި ކަމަށެވެ. އަދި އެސާމާނު ގުޅިއަށްވެސް އެހިލައި ނުހެދޭ ކަމަށާއި، އެއަށްވުރެ ބޮޑެތި ސާމާނު ގެނެސްފައިވާ ވާހަކަވެސް އުމަރު ޒާހިރު ވިދާޅުވިކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. 

އެނގިވަޑައިގަންނަވާނެ 96 ވަނަ އަހަރު އެއީ، އެއިރުގައި ނިންމިއްޖެ މިއީ ދޫނިދޫގައި ކުރެވެން އޮތްކަމެއް ނޫންކަން. ތަރިވިދާ ވޯކްޝޮޕުން ކޯސްޓް ގާޑުގެ ޝާފްޓު ތެދުކުރަނީ، ކޯސްޓް ގާޑުގެ ބޯ ސައިޒް، ޕްރޮޕެލާގެ، އަޅުގަނޑުމެން މި ހޯދަނީ ސިހުރު ކިޔަވައިގެން..." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވީ، އެއީ އެކަން ކުރެވެން އޮތް ގޮތެއް ނޫންކަން ރާއްޖޭގެ ވެރިންނަށް 96 ވަނަ އަހަރުން ފަށައިގެން ސާފުވާން ފަށައިފި ކަމަށާއި، ފަންނީ މާހިރުންގެ އެހީތެރިކަން އެކަން ތަރައްގީކުރުމަށް ހޯދުމުގެ މަސައްކަތްވެސް ފެށި ކަމަށެވެ. އެގޮތުން އައިސް، 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގައި އެކަމާއި ގުޅޭގޮތުން ހިންގުނު މަޝްވަރާ އާއި ކުރެވުނު ކަންތައް "ހަމަ ގައިމުވެސް" އެމަނިކުފާނަށް އެނގިލައްވާ ކަމަށްވެސް ވިދާޅުވިއެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް