ads
ފޮޓޯ:ފެނަކާ
ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަތައް ހައްލުކުރުމަށް ފެނަކައަށް
ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކޮށް މަރާމާތު ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

އެމަސައްކަތް ހަވާލުކުުރަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި ފެނަކަ ކޯޕަރޭޝަނުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. 

އެ މަސައްކަތް 6 މަސްދުވަހުންގެ މުއްދަތެއް ކުރުމަށް އެ ކުންފުންޏާ ދީފައިވާއިރުގައި އެމަސައްކަތަށް ސާޅީސް ތިން މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.

ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ފެށީ 2016ވަނަ އަހަރުގައެވެ. އަދި 2018ވަނަ އަހަރު ބައެއް ގެތަކަށް ވަނީ ނަރުދަމާގެ ހިދުމަތް ދޭން ފަށާފައެވެ. 

އެގޮތުން 2016 ވަނަ އަހަރު ފެށި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެދަށުން 91 ކިލޯމީޓަރުގެ ހޮޅި ވަނީ އަޅާފައެވެ. އަދި އެންމެ ބޮޑު ސްވަރޭޖް ޓްރީޓްމަންޓް ސިސްޓަމެއްވެސް ވަނީ ބަހައްޓާފައެވެ.

your imageފޮޓޯ--ފެނަކަ

ސާފު ފެން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި 500 ޓަނުގެ ތިން ފެން ޕްލާންޓާއި، 62 ކިލޯ މީޓަރުގެ ފެންހޮޅި ވެސް ވަޅުލާފައި ވެއެވެ. 

އެހެންމަމަވެސް މިއަދާ ހަމަޔަށް އައިރުވެސް އެ ނިޒާމް ފޯރުކޮށްދިނުމުގައި ބައެއްކަހަލަ މައްސަލަތަކެއް ފޯރުކޮށްދެމުން އަންނަކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތުދެއްވައެވެ. އަދި މިކަމުގެ ސަބަބުން އަދިވެސް ބައެއް ގެތަކުން އެ ނިޒާމް ބޭނުން ނުކުރާކަމަށް ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

ޖުމްލަ 297 މިލިއަން ރުފިޔާގެ މި މަޝްރޫއޫއަށް ކުވައިތް ފަންޑްގެ ލޯނު އެހީގެ ގޮތުގައި 163 މިލިއަންރުފިޔާވަނީ ލިބިފައެވެ. އަދި ބާކީ 134 މިލިއަން ރުފިޔާ ހަރަދު ކުރަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް