ads
ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއިން ވެކްސިން ޖެހިމީހުންގެ އަދަދު 80،000 އިން މައްޗަށް
މިހާތަނަށް ރާއްޖެއިން ޖުމުލަ 80،000 އަށް ވުރެ ގިނަ މީހުނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވަނީ ޖުމުލަ 80،159 މީހަކަށް ކަމަށް ވެއެވެ. 

އެގޮތުން މިއަދު ޖުމުލަ 5،085 މީހަކަށް ވެކްސިން ދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ މާލެ ސަރަހައްދުން 3،054 މީހަކަށް، އަތޮޅު ތެރެއިން 1،588 މީހަކަށް އަދި ރިސޯޓު ތަކުން 443 މީހަކަށެވެ.

މިހާތަނަށް ރިސޯޓުތަކުގައި ޖުމުލަ 1،459 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އަތޮޅުތެރޭގައި ވެކްސިން ދީފައިވަނީ ޖުމުލަ 19،623 މީހަކަށް ކަމަށާއި، މާލެ ސަރަހައްދުގައި ޖުމުލަ 59،077 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭއިން މިހާރު އުމުރުންދުވަސްވީ މީހުންނާއި އެނދުމަތިވެފައިވާ ބަލި މީހުންގެ ގޭގެއަށް ގޮސް ވެސް ވެކްސިން ދިނުމުހެ ހިދުމަތް ދެއެވެ. އަދި 30 އަހަރުން މަތީގެ އެންމެނަށް މިހާރު ވެކްސިން ޖެހުމުގެ ފުރުސަތު އެޗްޕީއޭއިން ވަނީ ހުޅުވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް