ސޫރަޖް ޕަންޗޯލީ އާއެކު އީސަބެލް ފެނިގެންދާ މި ފިލްމު ރިލީޒް ކުރަނީ އަންނަ މާޗް މަހު 12ގައެވެ.
2018ގައި އިއުލާންކުރި މި ފިލްމަކީ ޓީ-ސީރީޒް ގެ ކުޑައިގެ ދަށުން ނެރޭ ފިލްމެކެވެ. އެގޮތުން މި ފިލްމުގެ ޕްރޮޑިއުސަރަކީ ބުޝަން ކުމާރެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރަކީ ސްޓޭންލީ ޑިކޮސްޓާއެވެ. މިއީ ސްޓޭންލީގެ ފުރަތަމަ ޑައިރެކްޝަނެވެ. ސްޓޭންލީ ވަނީ އޭބީސީޑީ، ޕީކޭ އަދި ސަންޖޫ ފަދަ ފިލްމު ތަކުގައި ކޮރިއޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
މި ފިލްމުގައި ފެނިގެންދާނީ ނެށުމުގެ މުބާރާތެއް ކަމަށް އިންޑިއާގެ އެކި ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.