ads
ރައީސް ނަޝީދު ފުޓްބޯޅަ މެޗެއް ބައްލަވާލަން ވަޑައިގަންނަވަނީ
ހުރިހާ ޓާރފް ދަނޑުތައް ވެގެންދާނީ ހަމަ ޗަކަހަށް: ރައީސް ނަޝީދު
ޓަރފް ދަނޑުތައް ވެގެންދާނީ ޗަކަހަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓަރފު ދަނޑުތައް އެޅުމުގެ މަޝްރޫއުތަކަށް ފާޑު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މި ކަމަށް ފާޑު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފާ، މަޖިލީހުގެ ގިނަ މެންބަރުންތަކެއްވަނީ އެ މެންބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ. އޭނގެ ތެރޭގައި ޓަރފު ދަނޑުތަކުގެ ސުވާލުތައް ހިމެނެން ފެށުމުން ރައީސް ނަޝީދު ވިދާޅުވީ، ޓަރފު ދަނޑުތައް ޗަކަހަށް ވެގެންދާނެ ކަމަށެވެ. އަދި ކުޅިވަރުގެ އެންމެ މުހިއްމު ބަޔަކީ އިންސާނީ ވަސީލަތްތައް ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑު ފާހަގަކޮށްލަން، ކުޅިވަރުގެ އެންމެ ބޮޑު ވަސީލަތަކީ އިންސާނާކަން. އެއީ އިންސާނާ ކުރާ ކަމެއްކަން. އަޅުގަނޑަށް މިތާ އިނދެގެން މި އަޑު އިވެނީ ހަމަ ތަންތަނުގައި ޓަރފް އެޅުމާ ޕްލާސްޓިކް އެޅުމާ އަނެއް ޕްލާސްޓިކް އެޅުމާ އަނެއް ޓަރފް އެޅުމާ. އެނގިވަޑައިގަންނަވާ ދެއްތޯ ތީގެން ޓަރފް ދަނޑެއް ތިން އަހަރުގެ ތެރޭ ޗަކަހަށް ބަދަލުވެގެންދާކަން. އެނގިވަޑައިގަންނަވާ ދެއްތޯ ރީތިކޮށް ވިނަ އިންދާލާ ފެންދީގެން ދަނޑު ހައްދައިގެން އެތާގައި ކުޅެލައިގެންކަން މީހުން އުޅެނީ. ދެން އަޅުގަނޑު މި އިންނަނީ ހަމަ އަޑު އަހަން.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާފް ދަނޑު އެޅުމަށް ސަރުކާރުން އަންނަނީ ޕްރޮޖެކްޓްތައް ހިންގަމުންނެވެ. މީގެ ތެރެއިން ބައެއް ދަނޑުތަކުގެ މަސައްކަތް ނިމި، އަނެއްބައި ދަނޑުތަކުގެ މަސައްކަތް ބާރު ސްޕީޑުގައި މިހާރުވެސް ކުރިއަށް އެބަދެއެވެ. ސަރުކާރުން އަމާޒުކޮށްފައިވަނީ، ފަސް އަހަރު މުއްދަތެއްގެ ތެރޭގައި އެކި ރަށްރަށުގައި ސަތޭކަ ޓާފް ދަނޑު އަޅާށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް