ads
ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް
އުތުރުތިލަފަޅުގެ މަޝްވަރާތައް ކުރީ އާދަމް ޝަރީފް ކަމަށް ބުނެވޭނެ: ނަޝީދު
އުތުރުތިލަފަޅު، މަޝްވަރާތައް ކުރީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކަމަށް ބުނެވޭނެކަމަށް ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ. މިހެން ނިންމެވީ ރައްޔިތުންގެ މަޖިލީހުގައި ނިޒާމީ ނުކުތާއެއް ނެގުމުން އެ ނިޒާމީ ނުކުތާއާ ގުޅޭގޮތުން ދެއްކެވި ވާހަގަކަފުޅުގައެވެ.
Advertisement

އުތުރު ތިލަފަޅުގެ މައްސަލާގައި ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުުގެ ކޮޕީއެއް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ( ދޮންބިލަތް) އަށް ދެއްކެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ހޯމަ ދުވަހު ވިދާޅުވެފައެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވީ، މި އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގައި، ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޝިޔާމަށް ރައްދު ދެއްވުމުންނެވެ.

މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކަފުޅުގައި އެބޭފުޅާ ވަނީ، އުތުރުތިލަފަޅުގައި ނޭވީ ޕޯޓެއް ތަރައްގީކުރުމަށް އިންޑިއާ އާ އެކު ވެފައިވާ އެއްބަސްވުން ވުޖޫދަށް ގެނައުމަށް ރައިސް ޔާމީންގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި، މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. 

ދޮންބިލެތް މިހެން ވިދާޅުވުމުން މެމްބަރު ޝިޔާމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އެވާހަކަ ދޮގުކުރައްވާފައެވެ. އެގޮތުން ޝިޔާމް ވިދާޅުވީ، އިންޑިއާއާ އެކު ވީ އެއްބަސްވުމެއްގައި އާދަމް ޝަރީފް ސޮއިކުރެއްވި ކަމަށް ދޮންބިލެތް ވިދާޅުވި ވާހަކަ އަކީ އިތުރުފުޅެއް ކަމަށެވެ. 

މިވާހަކަތަކަށް ރައްދު ދެއްވަމުން ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ، އެއްބަސްވުމެއްގައި އާދަމް ޝަރީފް ސޮއި ކުރެއްވިކަމަށް ދޮންބިލެތް ވިދާޅު ނުވާކަމަށެވެ. ނަމަވެސް ކުރީސަރުކާރުން އެތަން ތަރައްގީކުރުމަށް އިންޑިއާ އާ އެކު ކުރި މަޝްވަރާތަކުގެ ތަފްސީލު ތަކާއި ޔައުމިއްޔާތައް މަޖިލީހުގައި އެބަހުރި ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ލިޔެކިއުންތަކުގެ ކޮޕީއެއް އެމަނިކުފާނު މެމްބަރު ހަލީމް އަށް ދެއްކެވި ކަމަށެވެ.

އުތުރުތިލަފަޅުގައި ނޭވީ ޕޯޓެއް ތަރައްގީކުރަން ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާ އެކު ކުރި މަޝްވަރާތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގައި އެބަހުރި ކަމަށާއި، އެ ލިޔެކިއުންތައް މެމްބަރުންނަށް ހިއްސާކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގްސް އާއި، ފްރޭން ވޯކް އެއްބަސްވުންތަކާއި، އަދި ކިތަންމެ ޖަލްސާއެއްގެ، މީޓިންގްސް ގެ، ބައްދަލުވުންތަކުގެ ޔައުމިއްޔާ މި މަޖިލީހުގައި ސާފުކޮށް ހުރިހާ ބޭފުޅުން ސޮއެކުރައްވާފައި އެބަހުރި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ލިޔެކިއުންތަކުގެ ކޮޕީއެއް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް ދެއްވާނެ ކަމަށާއި، އަދި ޕޯޓަލްއަށްވެސް އެ ހުރިހާ ލިޔެކިއުންތަކެއް ލައިދެއްވާނެ ކަމަށެވެ. އަދި އެ ލިޔެކިއުންތައް ފެނުމުން، އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު ޝަރީފްއަށް ޝުކުރު އަދާކުރަންޖެހޭ ސަބަބު ހުރިހާ މެމްބަރުންނަށް ސާފުވާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. 

އިތުރުތިލަފަޅުގައި ނޭވީ ޕޯޓެއް ތަރައްގީކުރަން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއެކުރުމާ އެކު، އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކަމަށް ސިފަކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެ އެއްބަސްވުމަކީ ކުރީގެ ރައީސް އަބަދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ ސަރުކާރާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުމެއް ކަމަށް ވެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް