އެސްޖޭ އިން ބުނީ އުނގޫފާރު އިސްލާމިކް ސެންޓަރު ބޭނުން ނުކޮށް ގިނަ ދުވަހު ހުރުމުގެ ސަބަބުން އިމާރާތަށް ލިބިފައިވާ ގެއްލުން، ސީއެސްއާރު މަސައްކަތެއްގެ ގޮތުގައި މަރާމާތު ކޮށްދިނުމަށް އެދިފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަމަށެވެ.
އަދި އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރަޝީމްގެ ހަނދާނުގައި ރ. އުނގޫފާރުގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެސްޖޭއާ ހަވާލުކުރީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހު އެވެ.
އެއްހާސް މީހުންގެ ޖާގައަށް ހަދާފައިވާ އެ މިސްކިތަށް 25 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެތަނުގައި ނަމާދު ކުުރާ ހޯލެއްގެ އިތުރުން ކްލާސްރޫމުތަކާއި ލައިބްރަރީއެއް ވެސް ހުންނާނެ އެވެ.